ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ (ކ), އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)
ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ (ކ), އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ, އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް އިންތިޚާބު ވެފައިވާ ބައްސާމް އަދީލް ޖަލީލަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބައްސާމަށް އިންފަންޓިނޯ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ބައްސާމް އާއެކު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށާއި، އެފްއޭއެމްގެ އާ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމް އާއި އޭނާގެ ދެ ނައިބުންނާއި އެކްސްކޯ އަށް ދެ ވަނަ ފަހަރަށްވެސް އިންތިހާބުވި މެންބަރުންނާއި އަލަށް އިންތިހާބުވި އެކްސްކޯ މެންބަރުންނަށްވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ހަމައެހެންމެ ފުޓްބޯޅައަށް ކޮށްދެވި މަސައްކަތާއި ރާއްޖެ އާއި ރާއްޖެ ހިމެނޭ ސަރަހައްދުގައި ފުޓްބޯޅަ ކުރިއަރުވަން ކުރެއްވި މުހިންމު މަސައްކަތާއި ފުޓްބޯޅައިގެ ވެލިއު ޕްރޮމޯޓް ކުރުމަށް ކުރައްވާ މަސައްކަތަށް ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވިއެވެ. އަދި މި ދައުރުގައިވެސް ފުޓްބޯޅަ ދިރުވަން ކުރިމަތިވާ ހުރިހާ ޗެލެންޖަކަށް، ބައްސާމް އާއި ޓީމަށް ކާމިޔާބީ އަށް އެދޭކަމަށް އިންފަންޓިނޯގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އޭޝިއާގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީވެސް ވަނީ ބައްސާމް އާ ދައުރަކަށް ހޮވިވަޑައިގަތުމުން މަރުހަބާ ވިދާޅުވެފަ އެވެ.

ދެވަނަ ދައުރަކަށް ބައްސާމް ހޮވާފައިވަނީ އެފްއޭއެމް ހައުސްގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އެ އިދާރާގެ ކޮންގްރެސްގައެވެ. ކޮންގްރެސްގައި އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނުވާތީ، ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް އިންތިހާބުވީ، ވޯޓު ނެގުމެއް ނެތި އެވެ.

އެފްއޭއެމް އިންތިޚާބުގެ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ބަލަމުން އަންނަ މައްސަލައާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އިއްޔެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކޮށްފައިވާއިރު މިއަދު އެފްއޭއެމްގެ ރައީސް ބައްސާމް އެކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން