ޒަލަޓަން އިބްރަހިމޮވިޗް (ވ). ކްރިސްޓިއާނޯ ރޮނާލްޑޯ (ކ).
ޒަލަޓަން އިބްރަހިމޮވިޗް (ވ). ކްރިސްޓިއާނޯ ރޮނާލްޑޯ (ކ).
އިޓާލިއަން ލީގުގައި ރޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސް ބަލިކޮށް، ސްވިޑްންގެ ޒަލަޓަން އިބްރަހިމޮވިޗްގެ އޭސީ މިލާން ފެންވަރު ދައްްކާލައިފިއެވެ.

ރޭގެ މެޗްގައި ތާވަލުގެ އެއްވަނައިގައި އޮތް ޔުވެންޓަސް އާއި ތާވަލުގެ ފަސްވަނައިގައި އޮތް އޭސީ މިލާން ކުޅުނު މެޗް ފަހަތުން އަރައި 4-2 ގެ ނަތީޖާ އަކުން މިލާން އިން ކާމިޔާބު ކޮށްފައިވާއިރު، ދެޓިމްގެ ފަރާތުންވެސް ފެނުނީ ދާދި ހަމަ ހަމަ ކުޅުމެކެވެ. ރޭގެ މެޗްގެ ފުރަތަމަ ލަނޑު 47 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ކާމިޔާބު ކޮށްދިނީ އެޑްރިއަން ރަބިއޮޓް އެވެ. އޭގެ ހަ މިނެޓް ފަހުން ޔުވަންޓަސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯ އެވެ.

އޭސީ މިލާނުން އެޓީމްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައިވަނީ މެޗްގެ 62 ވަނަ މިނެޓު ގައި އެޓީމްގެ ތަރި ޒަލަޓަން އިބްރަހިމޮވިޗެވެ. އޭސީ މިލާންގެ ދެވަނަ ލަނޑު އިބްރަހިމޮވިޗްގެ އެހީތެރިކަމާ އެކު މެޗްގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރޭންކް ކެސީއެވެ. އޭގެ މިނިޓެއް ފަހުން މެޗްގެ 67 ވަނަ މިނެޓުގައި ރަފޭލް ލީއޯ ވަނީ އޭސީ މިލާނަށް ލީޑު ނަގައިދީފައެވެ. އެޓީމުގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީ ރެބިކެވެ.

މިނަތީޖާ އާ އެކު އޭސީ މިލާން ވަނީ ތާވަލުގެ ފަސްވަނަޔަށް ޖެހިލާފައެވެ. ނަމަވެސް ތާވަލުގެ ހަވަނައިގައި މިހާރު އޮތް ރޯމާ ދެން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އަނެއްކާވެސް އޭސީމިލާން ތާވަލުގެ ހަވަނަ އަށް ވެއްޓޭނެ އެވެ. އޭސީ މިލާނަށް 31 މެޗް ކުޅެގެން 49 ޕޮއިންޓް ލިބިފައިވާ އިރު ރޯމާއަށް އެއް މެޗް މަދުން ކުޅެ ލިބިފައިވަނީ 48 ޕޮއިންޓެވެ.

ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ބޮޑު ލީޑަކާއި އެކުއެވެ. އެޓީމުންވަނީ 31 މެޗުން 75 ޕޮއިންޓް ހޯދައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން