އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދައިގެން ޗެލްސީން ޓޭބަލްގެ ތިންވަނަ އަށް ޖެހިލިއިރު، ޓޭބަލްގެ ތިންވަނައިގައި ކުރިން އޮތް ލެސްޓަރ ސިޓީ ކުޅުނު މެޗް އެއްވަރުވެ ހަތަރުވަނައަށް ސޮއްސާލައިފިއެވެ.
ކްރިސްޓަލް ޕެލަސް ގެ ދަނޑުގައި ޗެލްސީން ކުޅުނު މެޗް 2-3 އިން އެ ޓީމް ކާމިޔާބުކުރި އިރު ލެސްޓަރ އާއި އާސެނަލް އެމިރޭޓްސް ސްޓޭޑިއަމްގައި ވާދަކުރި މެޗް އެއްވަރު ވީ 1-1 އިންނެވެ.
ރޭ ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗްގައި ޗެލްސީ އަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އޮލިވިއޭ ޖިރޫޑް، ކްރިސްޓިއަން ޕުލިސިޗް އަދި ޓޯނީ އަބްރަހަމް އެވެ. ކްރިސްޓަލް ޕެލަސްގެ ގޯލްތައް ކާމިޔާބުކޮށްފައިވަނީ ވިލްފްރީޑް ޒަހާ އާއި ކްރިސްޓިއަން ބެންޓެކޭ އެވެ.
ލެސްޓަރ އާއި އާސެނަލް ބައްދަލުކޮށް އެއްވަރުވި މެޗްގައި އާސެނަލްގެ އެމެރިކް އައުބަމަޔަންގް ލަނޑެއް ޖަހައި އާސެނަލް އަށް ކުރި ހޯދައިދީފައިވަނިކޮށް ލެސްޓަރ އަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދީފައިވަނީ މެޗް ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ވާޑީ އެވެ.
ރޭގެ ނަތީޖާ ތަކާއެކު ގިނަ ދުވަސްތަކެއް ވަންދެން ޓޭބަލްގެ ތިން ވަނައިގައި ހިފަހައްޓަމުން އައި ލެސްޓަރ އަށް މަގާމް ގެއްލުނު އިރު އެ ޓީމަށް ގަދަ ހަތަރެއްގައި ސީޒަން ނިންމާލެވޭނެ ކަމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. މިހާތަނަށް 34 މެޗް ކުޅެގެން 59 ޕޮއިންޓް ލެސްޓަރ އަށް ލިބިފައި ވާއިރު އެ ޓީމްގެ ފަހަތުން ފަސް ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑު ބުރާސްފަތި ދުވަހުގެރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ ދެ ޓީމްގެ ދެމެދުގައި އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު