ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ހައްލުކޮށްދެއްވައި، ރައްޔިތުން އެދޭ ތަރައްޤީއާއި އިޤްުތިޞާދީ ފުރުސަތުތައް މި 5 އަހަރު ތެރޭގައި ލިބެމުންދަނީ އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތުންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އާދީއްތަދުވަހު ދެއްވި ވީޑިއޯ މެސެޖުގައި، އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރުގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ، ފައްޔާޒު ވިދާޅުވީ އެމްޑީޕީން ވެރިކަމާއި ހަވާޅުވިއިރު ވަރަށް ގިނަ ރައްޔިތުންތަކެއް ދިޔައީ ޒަމާންވީ ތަކްލީފްތަކެއް އުފުލަމުންކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީން ކުރި މަސައްކަތާއެކު ރައްޔިތުންނަށް ކުރިމަތިވި އެތައް ތަކުލީފުތަކަކަށް ނިމުން ގެނެސްދެމުންދާކަމަށެވެ. އަދި ގެންނަމުންދާ ތަރައްގީއާއެކު އިގްތިސާދީގޮތުން ފުދުންތެރި ބަޔަކަށްވާނެކަަމަށް އޭނާ ވިދާޅުވިއެވެ.

"އަސާސީ ހިދުމަތްތަކާއި އިގްތިސާދީ ފުރުސަތުތައް ހުޅުވިގެންދާ އެތައް މަޝްރޫޢެއް މި 5 އަހަރު ތެރޭގައި ގެނެވިއްޖެ. އެއީ އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތް" ފައްޔާޟް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސިއްހަތާއި ތައުލީމާއި ބޯހިޔާވަހިކަމަކީ ކޮބައިކަން އޭގެ ހަގީގީ މާނައިގައި ދައްކައިދީފައިވަނީ އެމްޑީޕީންކަމަށެވެ.

ފައްޔާޒު ވިދާޅުވީ އަސާސީ ހިދުމަތްތަކާއި އިގްތިސާދީ އެތައް ފުރުސަތުތަކެއް މިދައުރުގައި ހުޅުވިގެން ގޮސްފައިވާކަމަށާއި، އެއީ އެމްޑީޕީގެ މެމްބަރުން މި ސަރުކާރު ގެންނަންކުރި މަސައްކަތުގެ ނަތީޖާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން