'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން މާލެއިން ފްލެޓު ލިބޭ މީހުންގެ ލިސްޓު ލަހެއް ނުވެ އާންމު ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފްލެޓް ލިސްޓް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން ލަހެއް ނުވެ ފުލެޓް ލިސްޓް ވެސް އާންމުކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ތަރައްގީ ކުރަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން