ގޯއްޗާއެކު މާލޭ މީހުންގެ ޒަމާންތަކެއްގެ އިންތިޒާރަށް ނިމުމުމެއް އަތުވެއްޖެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަދު ވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާންކޮށްފައެވެ.

އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ މާލޭގެ އެތައް ހާސް އާއިލާއަކަށް މިއަދު ގޯތި ކަށަވަރުވެގެންގޮސްފައިވާކަމަށެވެ. އަދި ރައީސް ސާލިހު މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު މިހާ ފުރިހަމައަށް ފުއްދަވާދެއްވިކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ގޯތި ލިބޭކަން ކަށަވަރުވުމާއެކު މާލޭ މީހުންގެ ޒަމާންތަކެއްގެ އިންތިޒާރަށް ނިމުން އައިސްފައިވާކަމަށެވެ.



ޝަރުތު ހަމަވި 19858 މީހުންގެ 10314 މީހަކަށް މިފަހަރު ގޯތި ލިބިފައިވާއިރު، ގޯތި ނުލިބުނަސް، ޝަރުތު ހަމަވާ 9544 މީހަކު މި ލިސްޓުގައި ހިމެނެއެވެ. ލިސްޓުން އެ ފަރާތްތައް އެނގޭނެކަމަށާއި އަދި އެ ފަރާތްތަކަށް އެ ކުރިއަށް އޮތްތަނުގައި އިއުލާންކުރާ ސްކީމްތަކުން ގޯތި ލިބުމުގެ ފުރުސަތު ބޮޑުވާނޭކަމަށް ސަރުކާރުން ބުނެއެވެ.

ގޯތީގެ ބޮޑުމިން ކަނޑައަޅާއިރު، ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓުކަމަށާއި، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރާނެއެވެ. އަދި 7 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާނަމަ 4000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން