އެމްޑީޕީ ކެންޑިޑޭޓަކަށްވުރެ ބޮޑަށް ރައްޔިތުން ދެކެނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަކީ ދިވެހީންގެ ގައުމީ ކެންޑިިޑޭޓެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވި ވައުދު ފުއްދަވައި ގޯތި ލިބޭމީހުންގެ ލިސްޓް މިއަދު އާންމު ކުރުމާއި ގުޅިގެންނެވެ. އެކަމަށް އިޝާރަތް ކުރަށްވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވީ، ތަފާތު ކުރުމެއްނެތި ރަނުން ރަނަށް ވަޢުދު ފުއްދައިދިނުމުގައި، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަކީ ދެވަނަ އެއް ނެތް ފަދަ އިޚްލާޞްތެރި ވެރިއެއް ކަމަށެވެ.



ގައުމުގެ އިޖުތިމާއީ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުމާއި ގައުމު ތަރައްޤީ ކުރުމުގައި ތަފާތު ކުރުމެއް ނެތް ސިޔާސަތާއެކު ރައީސް ސޯލިހް ގެ އިޚްލާޞްތެރި ޚިދުމަތްތައް ދިވެހިން ބަލައިގެންފައިވާ ކަމަަށް ސަމީރު ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނަށް ހެޔޮލަފާ ޞާލިޙު ވެރިއެއްގެ އޯގާތެރި ހިތަކުން ރައްޔިތުންނަށް ގޯތި ދިނުމަށް ވީވަޢުދު ފުއްދާ ދީފައިވަނީ މާލޭގެ ރަށްވެހިންނަށް ގޯތި ކަނޑާފައި ނުދޭތާ 36 އަހަރު ފަހުން ކަމަށް ސަމީރު ވިދާޅުވިއެވެ.

"މިއަދު ރައްޔިތުންގެ އިހްސާސަކީ ގައުމުގެ އިޖުތިމާއީ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުމާއި ގައުމުތަރައްޤީ ކުރުމުގައި ތަފާތު ކުރުމެއް ނެތް ސިޔާސަތާއެކު ރައީސް ސޯލިހްގެ އިޚްލާޞްތެރި ޚިދުމަތްތައް ބަލައިގަނެ ދެވަނަ ދައުރަކަށް ރައީސް ސޯލިހް އިންތިޚާބު ކުރުމުގައި އެމްޑީޕީ ކެންޑިޑޭޓަކަށްވުރެ ބޮޑަށް ރައްޔިތުން ދެކެނީ ރައީސް ސޯލިހަކީ ދިވެހީންގެ ގައުމީ ކެންޑިިޑޭޓެއް ގޮތުގައެވެ." ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ސަމީރު ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން