ނ.މާފަރުން މިނިކާވަގެއްކަމަށް ބެލެވޭ ޖަނަވާރެއް ފެނިގެން ކަމާއިބެހޭ ފަރާތްތަކުން ހަރަކާތްތެެރިވާން ފަށައިފިއެވެ.

މާފަރު ކައުންސިލުން ބުނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަހައްދުން މިނިކާވަގެއްކަމަށް ބެލެބޭ އެއްޗެއްގެ ވީޑިއޯއެއް ފެނިފައިވާތީ އެ ސަރަހައްދު ބަލަމުންދާކަމަށެވެ. އެމްއެންޑީއެފާއި ހަވާލާދީ ކައުންސިލުން ބުނީ އޭތީގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައިނުވާކަމަށާއި އޭތި ރަށުތެރެއަށް އެރިކަމެއް އަދި ނޫންކަމެއްވެސް ޔަގީންނުވާކަމަށެވެ.

ކައުންސިލުން ބުނީ މި މައުލޫމާތު ލިބިފައިވަނީ މިއަދުގެ އިރުއޮއްސެން އުޅެނިކޮށްކަމަށާއި، އެހެންކަމުން މިކަމަށް ރައްޔިތުން ސަމާލުވުމަށް ވަނީ އެދިފައެވެ.

މިއީ ޖަންގަލީގައި އުޅޭ މިފަދަ ޖަނަވާރެއް ރާއްޖެއިން ފެނިގެން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން އެއީ ހަޤީޤަތެއްނަމަ އެ މިނިކާވަގު ރާއްޖެ އައިސްފައިވަނީ ހިލަވެލި ގެންނަ ބާޖެއްގައިކަމަށް ބެލެވޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން