މާލޭގެ މާނޭވާ ހަމަނޭވާއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދު މިއަދު ފުައްދަވައިދެއްވައިފިކަމަށް ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގި ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް ސަރުކާރުން މިއަދު އިއުލާން ކުރުމާ ގުޅިގެންނެވެ.

ޝާހިދު ވިދާޅުވީ މިއަދަކީ މިދިޔަ 36 އަހަރުދުވަހު މާލޭގެ ރައްޔިތުން އުއްމީދު ކުރަމުން އައި ދުވަހެއްކަމަށެވެ.

ޝާހިދު ވިދާޅުވީ މާލޭގެ މާނޭވާ ހަމަނޭވާއަށް ބަދަލުކޮށްދެއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދު މިއަދު ފުައްދަވައި ދެއްވައިފިކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ދެން އޮތީ މާ އުފާވެރި ދުވަސްތަކެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

"މަރުހަބާ މާލޭގެ ލޮބުވެތި ރައްޔަތުން. ޝުކުރިއްޔާ ރައީސް." ޝާހިދު ވިދާޅުވިއެވެ.



ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު އިޢުލާނުކުރި ލިސްޓްގައި ގޯތި ލިބޭ މީހުންގެ ތެރޭގައި 10314 މީހުން ހިމެނިފައިވެއެވެ. އަދި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ޖުލައިމަހުގެ 15ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވިގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން