ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އޮނަރަބަލް ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިން އުތުރުގައިވެސް ފޯރިއާއެކު ކުރިއަށްދާކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖޭޕީން އެޕާޓީގެ ކެމްޕޭނަށް ރާއްޖެ ބައިކޮށްފައިވަނީ، ރާއްޖޭގެ އެންމެ އުތުރުން ހއ އަތޮޅުން ފެށިގެން އދ އަތޮޅުގެ ނިޔަލަށް ގްރޭޓާ މާލެ ދެބައިކޮށް އެއްބައި ހިމެނޭގޮތަށް ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މެނޭޖް ކުރަށްވާ ގޮތަށެވެ. އަދި ދެކުނު ކަމަށް ކަނޑައަޅާފައިވަނީ ގްރޭޓަރ މާލޭގެ އެއްބައި ހިމެނޭ ގޮތަށް ވ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް، ގާސިމްގެ އެޑްވައިޒަރ އިލްހާމް އަހުމަދު މެނޭޖް ކުރަށްވާ ގޮތަށެވެ.

ދެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުން ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާއިރު ރަށު ފެންވަރުގައިވެސް ހަރަކާތްތައް ދަނީ ކުރިއަށެވެ. އެގޮތުން މަތިވެރި ދާއިރާގެ ކެމްޕެއިން ޙަރަކާތްތައް ކައުންސިލް މެމްބަރ މޯޑް އަދި ދާއިރާ ކެމްޕެއިން ފޯކަލް ޕޮއިންޓް ފަޒީގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާކަމަށް ޖޭޕީއިން ބުނެއެވެ.



އެހެން ރަށްތަކަށް ބަލާއިރު ހދ.މަކުނުދޫ ދާއިރާގެ ކެމްޕެއިން ޙަރަކާތްތައް ގާސިމްގެ އެޑްވައިޒަރ ‎ޔަޝްފާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާކަމަށް ޖޭޕީން ބުނެެެއެވެ. އަދި ހދ.ހަނިމާދޫ ދާއިރާގެ ކެމްޕެއިން ޙަރަކާތް އިންތިޒާމްވެގެން ކުރީގެ މެމްބަރު ހުސައިން ޝަހުދީގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާކަަމަށްވެސް އެޕާޓީން ބުނެއެވެ.

ރާއްޖޭގެ އުތުރުގެ އިތުރުން، މާލެ އާއި އެހެން ސަރަހައްދުތަކުގައިވެސް ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދެއެވެ. އެގޮތުން ކެމްޕެއިން ޖަލްސާތަކާއި ބައްދަލުވުންތައްވެސް ކުރިއަށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން