މާލޭގެ ރައްޔިތުންނަށް ހިލޭ ދޫކުރާ ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި އޮތީ މާލޭ ރަށްވެހިންނަށް ވެފައިވާ ތިން ބިދޭސީއެއްގެ ނަން ކަމަށް ގޯތި ދޭން އެކުލަވާލި ކޮމިޓީގެ ޗެއާ، އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކުރަމް މިހެން ވިދާޅުވީ ބިދޭސީ 10 މީހަކަށް ސަރުކާރުން މާލެއިން ގޯތި ދީފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވާހަކަތަކާއި ގުޅިގެންނެެވެ. އެކަމަށް އިޝާރަތް ކުރަށްވައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ވިދާޅުވީ އެ ލިސްޓުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް ވެފައިވާ ތިން މީހުންގެ ކަމަށާއި އިތުރު ބިދޭސީންތަކަކަށް ގޯތި ލިބުނު ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އަކްރަމް ވިދާޅުވީ ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކީ މައްސަލައެއް އޮތް ނަމަ އެ ކަމެއް ދެނެގަނެ އިސްލާހު ކުރުން ކަމަށެވެ. ދާއިމީ ލިސްޓް އާންމުކުރާނީ އެކަންކަން ބެލި އިސްލާހުކުރުމަށްފަހު ކަމަށް އަކްރަމް ވިދާޅުވި އެވެ.

މާލެއިން ހިލޭ ގޯތި ލިބޭ މީހުންގެ ލިސްޓް އިއުލާންކުރީ މިދިޔަ ބުދަ ދުވަހު އެވެ. ސަރުކާރުން ދޫކުރާ ގޯތި ލިސްޓްގައި 10،314 މީހަކު ހިމެނެ އެވެ. އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން