ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިނަށް ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ޓީމެއް ބ އަދި ރ އަތޮޅަށް ދަތުރު ފަށައިފިއެވެ.

ޖުމުހޫރީ ޕާޓީން ބުނީ ބ އަދި ރ. އަތޮޅަށް ކުރާ ކެމްޕޭން ދަތުރުގެ ޓީމުގައި އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމާއި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ތަރުޖަމާން ޢަބްދުﷲ އަމީނާއި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުﷲ ނަވާޒާއި ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ޙުސައިންނާއި ޕާޓީގެ ޒުވާނުންގެ ލީގްގެ ނައިބް ރައީސް ޝުއައިބް ޝިފާޒް ޝަރީފްގެ އިތުރުން ގޮއިދޫ ދާޢިރާގެ ރައީސް އާދަމް ޝާފިއު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ޖުމުހޫރީ ޕާޓީން ބުނިގޮތުގައި ކެމްޕޭން ޓީމް ބ އަތޮޅުގެ ހުރިހާ ރަށަކަށާއި ރ އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރާނެއެެވެ. އަދި މި ދަތުރުގައި މި ޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކުރާނެ ކަމަށް އެޕާޓީން ބުނެއެވެ.

ޖުމުހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ކެމްޕެއިން ޓީމުން ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި، ރަށްޔިތުންގެ ޝަކުވާތައް ދެނެގަތުމަށް މިޓީމުން ރަށްރަށުގެ ޓީމުތަކާއިއެކު މަޝްވަރާކުރާނެ ކަމަށެވެ. މީގެ އިތުރުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައްވެސް ރަށްރަށުގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބ އަތޮޅުގެ އިތުރުން މިހާރު ހއ. އއ. ރ އަތޮޅުގެ ބައެއް ދާއިރާތަކުގައި ޖޭޕީގެ ކެމްޕެއިން ހަރަކާތްތައް ފެށިގެން ކުރިއަށްދާ ކަމަށް ޖުމުހޫރީ ޕާޓީން މައުލޫމާތުދެއެވެ.

ރާއްޖޭގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖޭޕީން ވަނީ އީދުބަންދާއި ދިމާކޮށް އަތޮޅުތެރޭގައި ކެމްޕެއިން ފަށައި ކެމްޕެއިންގެ ޙަރަކާތްތައް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން