ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމަށް ބުނެ، ރާއްޖެއަށް ދަތުރުކުރުމަށް ސަމާލުވާން އިނގިރޭސި ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ދައްކާ ވާހަކަތައް ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ދޮގުކުރައްވައިފިއެވެ.

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެކަމަށް ބުނެ އިނގިރޭސިވިލާތުން ރާއްޖޭގެ ޓްރެވަލް އެޑްވައިޒަރީގެ ލެވެލް މަތިކޮށްފައިވާކަމަށް ބުނެ ބައެއް ހަބަރުތައް މިއަދު ވަނީ ފެތުރިފައެވެ. ނަމަވެަސް ދިވެހި ސަރުކާރުންވެސް، އިނގިރޭސި ސަރުކާރުންވެސް މިކަން ދޮގުކުރެއެވެ.

ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ ވިދާޅުވީ އިނގިރޭސި ސަރުކާރުން އެ ޤައުމުގެ ރައްޔިތުން ކަންކަމަށް ސަމާލުވުމަށް އަންގާ ޓެރަރިޒަމްގެ ޓެރަވަލް އެޑްވައިޒަރީ ނެރުނީ ވަކި ޤައުމަކަށް އަމާޒުކޮށް ނޫންކަމަށާއި، އެއީ ދުނިޔޭގެ ހުރިހާ ހިސާބެއް ހިމެނޭގޮތަށް ނެރެފައިވާ އެޑްވައިޒަރީއެއްކަމަށެވެ.



އިނގިރޭސި ސަފީރުގެ ޓްވީޓްގައި ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުން އެކަމާއި ގުޅޭ ހަބަރު ގެނެސްދިނުމުގައި ހަގީގަތާއި ހިލާފު ވާހަކަތައް ހިމެނޭކަންވެސް ފާހަގަކުރަށްވާފައެވެ.

ޓްރެވަލް އެޑްވައިޒަރީއަކީ އެކި ޤައުމުތަކުން އެ ޤައުމުގެ ރައްޔިތުން އެކި ތަންތަނަށް ދަތުރުކުރާއިރު ސަމާލުވުމަށް އަންގާ އެންގުމެކެވެ. ބައެއް ސަރަހައްދުތަކުގައި ހިނގާ ކަންކަމާއި ގުޅިގެން އެ ސަރަހައްދެއްގައި ހިމެނޭ ހުރިހާ ޤައުަމަކަށް ކަހަލަ ގޮތަކަށްވެސް ޓްރެވަލް އެޑްވައިޒަރީ ނެރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން