މިއަހަރުގެ މެއި މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި 48.1 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތީރިޓީ (މީރާ)އިން ހާމަކޮށްފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ފުރަތަމަ 5 މަސް ދުވަހާ އަޅާބަލާއިރު 11.4 އިންސައްތަ އިތުރު މިންވަރެކެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 48،129،659 ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރެއިން 48،109،756 ދައްކާފައިވަނީ ދިވެހި ފައިސާއިންނެވެ. އަނެއްބަޔަކީ އެމެރިކާ ޑޮލަރުން ދެއްކި މިންވަރެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 43،159،869 ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ އޭޕްރިލް މަހުކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެމަހު 11.1 މިލިޔަން ރުފިޔާ ދައްކާފައިވެއެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި ޖުމުލަ ދައްކާފައިވަނީ 92،120،926.52 ރުފިޔާއެވެ. މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 7،312.55އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން