ޢީދު ފާހަގަކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން އިއްޔެ ހިންގީ ނަފްރަތު އުފެއްދުމުގެ އަމަލެއްކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ދިވެހި ސަރުކާރުން މިހެން ބުނީ އިދިކޮޅު ފަރާތްތަކުން ޢީދު ފާހަގަކުރުމުގެ ނަމުގައި އިއްޔެ ބޭއްވި ހަރަކާތެއްގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯޖެހި މާސްކުތަކެއް އަޅައިގެން މާލިތަކެއް ނެރުމާއި ގުޅިގެނެވެ.

ދިވެހި ސަރުކާރުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި، އީދުފަދަ އުފާވެރި މުނާސަބާއެއް ފާހަގަކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހިންގި މިއަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި، އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައި ވެއެވެ. އަދި އެއީ ބަޔަކާއިމެދު އޮތް ދެކޮޅުވެރިކަން ދެއްކުމަށް ހިންގި ނަފުރަތު އުފެއްދުމުގެ އަމަލެއްގެ ގޮތުގައިވެސް ސަރުކާރުން ސިފަކުރެއެވެ.



ސަރުކާރުގެ ބަޔާނުގައި ބުނީ ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ދޮގު މައުލޫމާތުތައް ފަތުރައިގެން އެހެން ޤައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވާނެފަދަ އަމަލުތަކުން ދުރުހެލިވުމަށްވެސް ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން