އަހުމަދު މަސްނޫމް   1 ޖުލައި 2023 - 2:25
މާލެ ސިޓީ ކައުންސިލުން މާލޭގެ 14 މަގެއްގައި ހަލާކުވެފައިވާ ކާނުމަތި ތަކުގެ ތެރެއިން 174 ކާނުމަތި ބަދަލުކޮށްފިއެވެ.

މާލެސިޓީ ކައުންސިލުން ބުނީ އާންމު ޚިދުމަތްތަކާއިބެހޭ ބައިން މާލޭގެ މަގުތަކުގައި ހަލާކުވެފައިވާ ކާނުމަތިތައް ދެނެގަތުމުގެ ތެރެއިން މިހާތަނަށް 239 ކާނުމަތި ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އޭގެތެރެއިން 174 ކާނުމަތި މިހާތަނަށް ވަނީ ބަދަލުކުރެވިފައިކަމަށާއި އަދި ފާހަގަ ކުރެވުނު ކާނުތަކުގެ ތެރެއިން 65 ކާނުމަތި ބަދަލު ކުރަންޖެހޭ ކަމަށާއި އެކަންވެސް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެސިޓީ ކައުންސިލުން ކާނުމަތިތައް ބަދަލުކުރި14 މަގަކީ: އަމީރު ޢަހްމަދުމަގު (ނަސަންދުރަ ކައިރި)، ކޮއިމަލާ ހިނގުން (މާލެހިޔާ 2 ކައިރި)، ބުރުޒުމަގު (ޝަމްރަތު ކައިރި)، ވައިދެރި ހިނގުން، ޗާންދަނީ މަގު، ކަޅުހުރާ މަގު، އިރުދޭމާ ހިނގުން، އަބަދަ

ށްއުފާ މަގު، ލޮނުޒިޔާރަތްމަގު، ޖަނަވަރީމަގު، މުތީގޯޅި، ކާސިންޖީމަގު، ބޮޑުތަކުރުފާނު މަގު އަދި ރިންގް ރޯޑެވެ.

މާލެސިޓީ ކައުންސިލުން ބުނީ ހަތަރުވަނަ ދައުރުގެ ކައުންސިލުން މާލެސިޓީގެ މުނިސިޕަލް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މާލެސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ހިތްފަސޭހަ މަގުތަކަކަށް ހެދުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންކަމަށެވެ. އެގޮތުން މާލެ އައި ވިލިމާލޭގެ މުނިސިޕަލް ކަންކަން ރަނގަޅުކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

ސިޓީ ކައުންސިލުން ބުނީ ހުޅުމާލެއަކީ މާލެސިޓީގެ އަވަށެއް އަދި މާލެސިޓީ ކައުންސިލްގެ އިޙްތިޞާސް ހިނގާތަނެއް ނަމަވެސް ހުޅުމާލޭގެ މުނިސިޕަލް ކަންކަން މާލެސިޓީ ކައުންސިލާއި އަދި ހަވާލުކޮށްފައި ނުވާކަމަށެވެ. އަދި މާލެސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ހުޅުމާލޭގެ މިސްކިތްތަކާއި ސަހަރާގެ މަސައްކަތްތައްކަމަށްވެސް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން