އައްޑޫ ސިޓީ ފޭދުގައި ކުރިން އޮތް ވޮލީ ކޯޓާއި މި ސަރުކާރުން އަޅައިގެން ވޮލީ ކޯޓު
އައްޑޫ ސިޓީ ފޭދުގައި ކުރިން އޮތް ވޮލީ ކޯޓާއި މި ސަރުކާރުން އަޅައިގެން ވޮލީ ކޯޓު
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުޅިވަރު ތަރައްޤީކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ރަށްރަށުގައި ގިނަ އަދަދެއްގެ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމްކޮށްދެއްވާފައިވާކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި ގާއިމްކުރި ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިންމުމުގެ އުފަލުގައި ކުރެއްވި ޓްވީޓްގައެވެ.

ރާއްޖޭގެ ކުޅިވަރުތަކަށް ކުރިއެރުން ގެންނަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރިއަށްގެންދަވަމުންނެވެ. އެގޮތުން މީގެކުރިން ރަށްރަށުގައި ޤާއިމްކޮށްފައިނުވާ އެތައް ވަސީލަތްތަކެއް ދަނީ ޤާއިމްކުރަމުންނެވެ. މިގޮތުން އެންމެފަހުން ތަރައްޤީކޮށްގެން ބޭނުންކުރަން ފަށާފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ގާއިމްކުރެވުނު ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީ ކޯޓެވެ.

ކުޅިވަރާއި ބެހޭ ވަޒީރު މަހްލޫފް ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި ގާއިމްކުރ ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީ ކޯޓާއެކު ހިތްހަމަޖެހިލައިގެން ވޮލީ ކުޅެލުމުގެ ފުރުސަތު އެރަށުގެ ރައްޔިތުންނަށް ފަހިވެފައިވާކަމަށެވެ. އަދި މީގެކުރިން އެ ރަށުގައި އޮތް ވޮލީ ކޯޓާއި މި ސަރުކާރުން ތަރައްޤީކުރި ވޮލީ ކޯޓުގެ ތަފާތު އެހާރާއި މިހާރުގެ ފޮޓޯތަކުން މަހްލޫފް ދެއްކެވިއެވެ.

އައްޑޫ ސިޓީ ފޭދޫގައި ގާއިމްކުރެވުނު އައުޓްޑޯ ވޮލީ ކޯޓާއެކު، މިހާތަނަށް 30 ވޮލީ ކޯޓު ތަރައްޤީކޮށްފައިވާކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި 80 ވަރަކަށް ވޮލީކޯޓުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މަހްލޫފް ވިދާޅުވިއެވެ.



ކުޅިވަރު އާއިލާއަށް ނިސްބަތްވާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ރައީސް ސާލިހު ވަރަށް ބޮޑު އިސްކަމެއްދެއްވައެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް އެއްވެސް ކުޅިވަރަކުން ތަފާތުނުކޮށް ގެނެސްދެމުންދާކަމަށް ކުޅިވަރު ކުޅުންތެރިންނާއި އެކަންކަމުގައި ހަރަކާތްތެރިވާ އޮފިޝަލުން ފާހަގަކުރެއެވެ.

ކުޅިވަރާއިބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި މިއަދު ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ގިނަ މަސައްކަތްތަކެއް ރަށްރަށުގައި ދަނީ ކުރިއަށްގެންދަމުންނެވެ. އަދި މަސައްކަތްތައް މަޑުޖެހިފައިވާ ރަށްރަށުގެ މަސައްކަތްވެސް އިތުރަށް ބާރު އަޅައިގެން އަވަސްކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުންދާއިރު، ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް އަައުޓްޑޯ ހޭންޑްބޯލް ކޯޓެއްވެސް ޤާއިމްކުރީ މި ސަރުކާރުންނެވެ. އެއީ ގދ. ތިނަދޫގައެވެ. އަދި ސައިޒުން ބޮޑު ޓާފް ދަނޑުތައްވެސް ރަށްރަށުގައި ފުރަތަމަ ފަހަރަށް ޤާއިމްކުރަން ފެށީވެސް މި ސަރުކާރުންނެވެ. މީގެެއިތުރުން ގިނަ ރަށްތަކެއްގައި މަލްޓިޕާޕަސް އިންޑޯ ހޯލްތައް ތަރައްޤީކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން