އެމްޑީޕީގެ ރައީސްކަމުގެ މަޤާމަށާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމުމުންކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސްކަމުގެ މަޤާމުންނާއި ޕާޓީން އިސްތިއުފާދެއްވުމުންނެވެ. އޭގެކުރިން ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި މުހައްމަދު ޝިފާޒް ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

މީޑިއާތަކުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ އެމްޑީޕީގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް ބޭފުޅަކު އިންތިހާބުކުރާނީ ރިޔާސީ އިންތިހާބަށްފަހުކަމަށެވެ. ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުޑަދުވަސްކޮޅެއް އޮތްއިރު، މިވަގުތު އެމްޑީޕީއަށް އެންމެ މުހިއްމީ ރިޔާސީ އިންތިހާބުކަމަށެވެ.

އެމްޑީޕީގެ ރައީސްކަމަށް ނަޝީދު އަދި ނައިބުު ރައީސްކަމަށް ޝިފާޒް އިންތިހާބުކުރީ 2019 ވަނަ އަހަރުއެވެ. މީގެކުރިން އެމްޑީޕީގެ ރައީސްކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި ޑރ. އިބްރާޙިމް ދީދީ، ކުރީގެ މެމްބަރު އިބްރާޙިމް އިސްމާއިލް، އިބުރާ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.

ނަމަވެސް ޕާޓީގެ ތެރޭގައި އުފެދޭ އެކި އެކި މައްސަަލަތަކާއި ގުޅިގެން މީގެއިން އެއްވެސް ބޭފުޅަކަށް ދައުރު ފުރިހަމަކުރެވޭ ގޮތެއް ނުވެއެވެ. އެންމެފަހުން އެ މަޤާމުުގައި ހުންނެވި ރައީސް ނަޝީދުވެސް އިސްތިއުފާ ދެއްވީ ދައުރު ފުރިހަމަ ނުކުރައްވައެވެ. އެއީވެސް ޕާޓީީގެ ތެރޭގައި ޖެހުނު މައްސަލަ ތަކެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން