ރާއްޖޭގައި އުޅޭ ބައެއް ސިޔާސީ މީހުން ޤަބޫލުކުރަނީ ވެރިކަމަކީ ވަކި ބަޔަކު ވާދަކުރަން އޮންނަ ކަމެއްގެ ގޮތުގައިކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހުންނަވާ ސީޝެލްގެ އޮނަރަރީ ކޮންސުލްގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ފިރާގު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ފިރާގު މިއަދު ވިދާޅުވީ ވިލާ ގްރޫޕް ނުވަތަ ގާސިމް އިބްރާހީމަކީ ނުހައްގުން އެއްވެސް އެއްޗެއް ހޯއްދަވާ ބޭފުޅެއް ނޫންކަމަށެވެ. އަދި ބަދަލުގެ ގޮތުގައިވެސް ވިލާ ކުންފުންޏަށް ލިބިފައިވަނީ އާއްމު އުސޫލުތަކުގެ ތެރެއިން ކޯޓު މަރުހަލާ ނިމިގެން ލިބިފައިވާ އެއްޗެއްކަމަށް ފިރާގު ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ ގާސިމް އިބްރާހިމާއި ގުޅޭގޮތުން ހަޤީޤަތާއި ހިލާފު ވާހަކަދައްކަނީ ވެރިކަމަކީ ވަކި ބަޔަކު ވާދަކުރަން އޮންނަ ކަމެއްގެ ގޮތުގައި ބަޔަކު ދެކޭތީކަމަށް ވެދާނެކަމަށެވެ.
ފިރާގު މީގެކުރިން ވަނީ ރާއްޖެ މިހާރު އޮތް ހާލަތުން ގައުމު ކުރިއަށް ގެންދެވޭނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށްކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ މިވަގުތުގެ ހާލަތާއި ސިޔާސީ އުދަރެހުން ފެންނަ ސިޔާސީ ބޭފުޅުންގެ ތެރެއިން މިހާރުގެ ހާލަތުގައި ރާއްޖެ ކުރިއަށް ގެންދެވޭނީ ގާސިމަށް ކަމަށާއި އަދި ގާސިމަކީ އެފަދަ ދެވަނައެއް ނެތް ބޭފުޅެއް ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
"ހަމަ ޔަގީނުން ވެސް ގިރިއަކަށް ފަރަކަށް ނާރުވާނެ،" ފިރާގު ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ ގާސިމަކީ ހިންގުމުގެ ތަޖުރިބާ އެންމެ އުސްމިނަށް ލިބިވަޑަައިގެން ހުންނެވި އުފެއްދުންތެރި ބޭފުޅެއްކަމަށެވެ.

Komme echeh kiyas buneven othee villa group ah ves libigen ulhenee aamu usoolaa qaanoonee gothun kunfunyah kuri viyaafaari aai adhi thafaathu mahsala Dhimaave sharuee maruhalaa nimi libenjehey badhaleh ge gothugai libenjehey eh cheh Govaalaa iru heevanee thanakah aith baanaigen…
— Mohamed Firaq (@mohamedfiraq) July 4, 2023
ފިރާގު މީގެކުރިން ވަނީ ރާއްޖެ މިހާރު އޮތް ހާލަތުން ގައުމު ކުރިއަށް ގެންދެވޭނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށްކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ މިވަގުތުގެ ހާލަތާއި ސިޔާސީ އުދަރެހުން ފެންނަ ސިޔާސީ ބޭފުޅުންގެ ތެރެއިން މިހާރުގެ ހާލަތުގައި ރާއްޖެ ކުރިއަށް ގެންދެވޭނީ ގާސިމަށް ކަމަށާއި އަދި ގާސިމަކީ އެފަދަ ދެވަނައެއް ނެތް ބޭފުޅެއް ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
"ހަމަ ޔަގީނުން ވެސް ގިރިއަކަށް ފަރަކަށް ނާރުވާނެ،" ފިރާގު ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ ގާސިމަކީ ހިންގުމުގެ ތަޖުރިބާ އެންމެ އުސްމިނަށް ލިބިވަޑަައިގެން ހުންނެވި އުފެއްދުންތެރި ބޭފުޅެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު