އެލްޖީއޭއަށް ސީއީއޯއެއް އައްޔަންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިކަން ހާމަކުރެއްވީ އެލްޖީއޭއަށް ސީއީއޯއެއް އައްޔަންކުރުން ލަސްވަމުންދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުންތައް ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެލްޖީއޭގެ ސީއީއޯގެ މަޤާމު ހުސްވީ އެމަޤާމުގައި ހުންނެވި އަފްޝަން ލަތީފް މިދިޔަ މެއި 18 ގައި އިސްތިއުފާ ދެއްވުމުންނެވެ. އޭގެފަހުން އެ މަޤާމު އޮތީ ހުސްކޮށެވެ. އަފްޝަން ލަތީފް އިސްތިއުފާ ދެއްވުމުން އެމަޤާމު ވަގުތީގޮތުން އަދާކުރައްވަމުން ގެންދަވަނީ ޑިރެކްޓަރ ޖެނެރަލް ޝަމްއޫން އާދަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެލްޖީއޭއަށް ސީއީއޯއެއް އައްޔަންކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. ނަމަވެސް މަޤާމަށް ބޭފުޅަކު އައްޔަންކުރާނެ ސީދާ ތާރީހެއް ދަންނަވަން ދަތިކަމަށް މިއުވާން ވިދާޅުވިއެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާއި ގުޅިގެންކަމަށް އެކަަމަނާ މީޑިއާގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު އަފްޝަން ގިނައިން ފެންނަނީ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ ޑިމޮކްރެޓްސް ޕާޓީގެ ކަންކަމުގައި އުޅުއްވާ މަންޒަރެވެ.

އަފްޝަންގެ އިތުރުން އޭނާގެ ފިރިކަލުން ހުސައިން އަމްރު އަދާކުރައްވަމުން ގެންދެވި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކި ކުރީ ވެސް ނަޝީދުގެ ފިކުރެއްގެ ދިރުމާއި ގުޅިވަޑައިގެން ސަރުކާރާއި ދެކޮޅަށް ސިޔާސީ މަސައްކަތް ފެއްޓެވުމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން