އަހުމަދު މަސްނޫމް   4 ޖުލައި 2023 - 23:34
ރ.އަތޮޅުގައި ޖުމްހޫރީ ޕާޓީއަށް ބޮޑު ތާއީދެއް އެބައޮތްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާޙިމްގެ އުތުރުގެ ކެމްޕެއިން މެނޭޖަރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ޖޭޕީން މިހާރު އުތުުރުގެ ރަށްތަކަށް ކުރަމުންދާ ދަތުރާއި ގުޅޭގޮތުންނެވެ.

މޫސުން ގޯސް ނަމަވެސް ގަދަ ކަނޑުގައި ދަތުރުކޮށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާޙީމަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރުމަށް އުތުރު ކެމްޕޭންގެ ފަރާތުން ފަށާފައިވާ ދަތުރު ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް އެ ޕާޓީން ބުނެއެވެ.

އުތުރުގެ ކެމްޕެއިން ޓީމުން ފަށާފައިވާ މި ދަތުރަކީ ރިޔާސީ ކެމްޕޭން ރަށްރަށުގެ ޓީމުތައް އެކްޓިވޭޓްކުރުމަށް ކުރަމުންދާ ދަތުރުތަކެކެވެ.

ޖުމްހޫރީ ޕާޓީން ބުނީ އުތުރުގެ ކެމްޕެއިން ޓީމް މިއަދު ރ. އުނގޫފާރަށް ގޮސްފައިވާކަމަށާއި އެ ޓީމުގެ ލީޑަރަކަށް ހުންނެވީ އުތުރު ކެމްޕޭން މެނޭޖަރ އަދި ޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމްކަމަށެވެ.

ރ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރުމުގެ ކުރިން މި ޓީމުން ބ. އަތޮޅުގެ ރަށްތަކުގައި ހަރަކާތްތެރިވެފައިވާއިރު، އެ އަތޮޅުން ޖޭޕީއަށް އޮތް ތާއީދު ބޮޑުކަމަށް އުތުރު ކެމްޕޭން ޓީމް ލީޑްކުރައްވާ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ އެއަތޮޅުން ވަރަށް ގިނަ ރައްޔިތުންނާ ވާހަކަދެއްކުނު ކަމަށާއި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނަކަމަށެވެ. އަދި ލީޑަރު ގާސިމަށް އެ ރަށްތަކުގެ ތާއީދާއި އުންމީދު ބޮޑުކަމަށާއި އެ އަތޮޅަކީ މިގެކުރިންވެސް އެޕާޓީއަށް ބޮޑު ތާއީދެއް އޮންނަ އަތޮޅެއްކަމަށްވެސް އަމީން ވިދާޅުވިއެވެ.

ޖޭޕީގެ ކެމްޕެއިން ޓީމުތަކުން އަތޮޅުތަކަށް ދަތުރުކުރަމުންދާއިރު، އެބޭފުޅުން ރަށްތަކުގައި ދޮރުންދޮރަށް ހިންގެވުމުގެ ކެމްޕެއިންތައްވެސް ދަނީ ހިންގަމުންނެވެ.

ގާސިމް އިބްރާހިމްގެ އަތޮޅުތެރޭގެ ކެމްޕެއިން ފަށައި ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ މި ޓީމު ބ އަދި ރ އަތޮޅަށް ދަތުރު ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ.

މި ދަތުރުގައި ޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކުރާނެއެވެ. އަދި ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި ރަށްޔިތުންގެ ޝަކުވާތަށް ދެނެގަތުމަށް މިޓީމުން ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާކޮށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެއެވެ.

އުތުރުގައި ކެމްޕެއިންތައް ކުރިއަށްދާއިރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާޙީމްގެ ދެކުނު ކެމްޕޭން ޓީމުން ހުޅުމާލޭގެ ފޭސް ދޭއްގައި ދޮރުން ދޮރަށް ކެމްޕެއިން ވަނީ މިއަދު ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގައި އިސްކޮށް ހުންނެވީ ދެކުނު ކެމްޕޭން ޓީމްގެ މެނޭޖަރު އަދި ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން