ޤައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒުގެ ގައިގައި ޖެހުނު ސައިކަލް ދުއްވި ޒުވާނާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފިއެވެ.



މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަތިހު މަޖީދީމަގުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ 22 އަހަރުގެ ޒުވާނެކެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މިމައްސަލަ ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ބުނީ މިމައްސަލައިގައި ހައްޔަރުކުރި ޒުވާނާގެ އަތުގައި ލައިސަންސެއް ނޯންނަކަމަށެވެ.

މިއެކްސިޑެންޓް ހިނގީ އަލީ ހަފީޒް ފަތިސް ނަމާދުކޮށްގެން މަޖީދީ މަގުން ގެއަށް ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ. އެ ދުވަހަށްފަހު ހަފީޒަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާއަށް އެއަރ އެމްބިއުލާންސެއް ހަމަޖައްސައިގެން ރާއްޖެއިން ބޭރަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން