ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގައި މިސަރުކާރު އޮތީ އެހެން ލެވެލެއްގައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ މި ސަރުކާރުން ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅިގެންނެެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑު، 4 ސިންތެޓިކް ޓްރެކް (ތިނަދޫ، ފުވައްމުލައް، ހިތަދޫ އަދި ކުޅުދުއްފުށި)، 3 ކޯޓުގެ ވޮލީބޯލް އިންޑޯ، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރަން ޓެންޑަރކޮށް ބިޑު ހުޅުވުން މިމަހު 16 ގައި އޮންނާނެ ކަމަށެވެ.



އޭނާ ވިދާޅުވީ މި މަޝްރޫއުތަކަށް ބޭނުންވާ 42 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށާއި، މި ދައުރުގައި މަސައްކަތްތައް ފެށި އަދި ނިންމާނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލާނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ކަމަށެވެ.

"ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިން އެހެން ލެވަލްއެއްގައި." މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން