ދެހާސް ތޭރަވަނަ އަހަރު މިސުރުގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތުން، ދެގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ހީނަރުވިތާ، ދިހަ އަހަރު ފަހުން، މިސުރާއިއެކު ފުރިހަމަ ސިޔާސީ ގުޅުން އަލުން ގާއިމުކުރަން ތުރުކީވިލާތުން ނިންމައިފިއެވެ.

ފުރިހަމަ ސިޔާސީ ގުޅުމަކަށް ރުޖޫޢަވުމުގެ ގޮތުން މިދެގައުމުން މިހާރު ދަނީ ސަފީރުން ބަދަލުކުރުމަށް ތައްޔާރުވަމުންނެވެ.



ތުރުކީވިލާތުގެ ޚާރިޖިއްޔާއިން ޢާންމުކޮށްފައިވާ ބަޔާނެއް ބުނާ ގޮތުން ، ތުރުކީވިލާތުގެ ރައީސް ރިސިޕް ޓައްޔިޕް އެރްދުގާނާއި މިސުރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީ ހުއްދަދެއްވުމާއިއެކު އެކީ، ތުރުކީވިލާތުގައި ހުންނަވާ މިސުރުގެ ސަފީރަކަށް ވެވަޑައިގަންނަވާނީ އަމްރުލް ހަމަމީއެވެ. އަދި މިސުރުގައި ހުންނަވާ ތުރުކީވިލާތުގެ ސަފީރަކަށް ވެވަޑައިގަންނަވާނީ ޞާލިޙް މުޓްލު ސެންއެވެ.

"ސަފީރުން ކަނޑައެޅުން ވެގެންދާނީ ، ފުރިހަމަ ސިޔާސީ ގުޅުމަކަށް އަލުން ރުޖޫޢަވުމަށްޓަކައި އެޅިގެންދާ ފިޔަވަޅަކަށް"، ތުރުކީވިލާތުގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން