އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީއަކީ އެމްޑީޕީއަށް އޮތް ޗެލެންޖަކަށް ނުވާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެެ.
ރާއްޖޭގެ އޮންލައިން މީޑިޔާއަކުން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި "ޑިމްކޮރެޓްސް" އަކީ އެމްޑީޕީއަށް އޮތް ޗެލެންޖަކަށް ނުވާނެ ކަމަށާއި، އެއީ މިހާރު "ކައުންޓް" ކުރާ ބަޔެއް ނޫން ކަމަށެވެ. އަދި އިންތިހާބުގައި އެމްޑީޕީއާ ވާދަކުރެވޭ ޕާޓީއަކަށް އޮތީ އިދިކޮޅު ޕީޕިއެމް ކަމަށާއި ދެން ހުރީ ކުދި ޕާޓީތައް ކަމަށް މޫސަ ވިދާޅުވިއެވެ.
މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ވެސް ކުރެއްވި މޫސަ ވިދާޅުވީ އެމްޑީޕީން ވަކިވެގެންދިޔަ ބަޔަކަށް އެމްޑީޕީގެ "ފިކުރެއް" ނުދިރުވޭނެ ކަމަށެވެ. އެމްޑީޕީގެ ފިކުރަކީ ރައްޔިތުން ބަލައިގެންފައިވާ ފިކުރެއް ކަމަށާއި އެ ފިކުރު ދިރުވޭނީ އެޕާޓީއަށް އެކަނި ކަމަށް މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ދިމާވެފައިވަނީ ވަރަށް ދެރަ ހާލަތެއް ކަމަށެވެ. ރާއްޖޭގައި ވެރިކަން ކުރަށްވަން ބޭނުންފުޅުނަމަ ރައީސް ސާލިޙާއެކު ހުންނަވައި އެހެން ގޮތެއް ހޯއްދެވިނަމަ ނަޝީދަށް މާބޮޑަށް ރަނގަޅުވީސް ކަމަށް މޫސަ ވިދާޅުވިއެވެެ. އަދި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރުމާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ކަފުންކޮށް ވަޅުލެވިގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ވެސް ބޮޑުވަޒީރު ކަމަށްވެސް ކުރީގެ ރައީސް ނަޝީދަށް ދެން ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އެމްޑީޕީއަށް އަލުން ވަޑައިގަތުމުގެ ފުރުސަތެއް ވެސް ދެން ނެތް ކަމަށާއި، އެ ފުރުސަތު ނަޝީދަށް ދީފިނަމަ އެޕާޓީގައި ނުހުންނަވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކަމަށެވެ.
"ރަނގަޅު ހެއު އަގުލަބިއްޔަތަކުން މި ގާނޫނު އަސާސީގެ ދަށުން ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ،" އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު