ޔެލޯ އެލާޓް ނެރުމުންވެސް ޖޭޕީގެ ކެމްޕެއިން ޓީމު އޮތީ ފޯރިއާއެކު ކެމްޕެއިން ކުރަން ކަނޑުމަތީގައި ދަތުރުތަކުގައިކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީީ ޕާޓީން ބުނީ އުތުރަށް ވަރަށް މޫސުން ގޯސްކަމަށާއި މޫސުމީ ސަމާލު އޮތީ ޔެލޯ އެލާޓް ލެވެލްގައިކަމަށެވެ. ނަމަވެސް ޓީމު ވަނީ ގަދަ ކަނޑުގައި ރ. އަލިފުއްޓަށް ދަތުރުކޮށް ގަދަ ވިއްސާރާގައި އެރަށުގައި ކެމްޕޭން ހަރަކާތް ހިންގާފައިކަމަށްވެސް ޖޭޕީން ބުނެއެވެ.

މިވަގުތު ޓީމް ލީޑް ކުރައްވަމުން ގެންދަވަނީ، އުތުރު ކެމްޕޭން މެނާޖަރު ޑެޕިއުޓީ ލީޑަރ އަމީން ކަމަށާއި އޭނާއާއެކު ލީޑަރގެ ތަރުޖަމާން އަމީން، ލީޑަރގެ ސްޕެޝަލް އެޑްވައިޒަރ ނަވާޒް އަދިވެސް އިތުރު ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ޖޭޕީން ބުނެއެވެ.

އުތުރުގެ ކެމްޕެއިން ޓީމުން ފަށާފައިވާ މި ދަތުރަކީ ރިޔާސީ ކެމްޕޭން ރަށްރަށުގެ ޓީމުތައް އެކްޓިވޭޓްކުރުމަށް ކުރަމުންދާ ދަތުރުތަކެކެވެ.



ރ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރުމުގެ ކުރިން މި ޓީމުން ބ. އަތޮޅުގެ ރަށްތަކުގައި ހަރަކާތްތެރިވެފައިވާއިރު، އެ އަތޮޅުން ޖޭޕީއަށް އޮތް ތާއީދު ބޮޑުކަމަށް އުތުރު ކެމްޕޭން ޓީމް ލީޑްކުރައްވާ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ އެއަތޮޅުން ވަރަށް ގިނަ ރައްޔިތުންނާ ވާހަކަދެއްކުނު ކަމަށާއި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނަކަމަށެވެ. އަދި ލީޑަރު ގާސިމަށް އެ ރަށްތަކުގެ ތާއީދާއި އުންމީދު ބޮޑުކަމަށާއި އެ އަތޮޅަކީ މީގެކުރިންވެސް އެޕާޓީއަށް ބޮޑު ތާއީދެއް އޮންނަ އަތޮޅެއްކަމަށްވެސް އަމީން ވިދާޅުވިއެވެ.

ޖޭޕީގެ ކެމްޕެއިން ޓީމުތަކުން އަތޮޅުތަކަށް ދަތުރުކުރަމުންދާއިރު، އެބޭފުޅުން ރަށްތަކުގައި ދޮރުންދޮރަށް ހިންގެވުމުގެ ކެމްޕެއިންތައްވެސް ދަނީ ހިންގަމުންނެވެ.

ގާސިމް އިބްރާހިމްގެ އަތޮޅުތެރޭގެ ކެމްޕެއިން ފަށައި ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ މި ޓީމު ބ އަދި ރ އަތޮޅަށް ދަތުރު ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ.

މި ދަތުރުގައި ޓީމުން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ޙަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކުރާނެއެވެ. އަދި ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި ރަށްޔިތުންގެ ޝަކުވާތައް ދެނެގަތުމަށް މިޓީމުން ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާކޮށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް