ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ރާއްޖޭގެ ވަރަށް ގިނަ ކަންކަމުގައި ވަކި ސްޓޭންޑެޑް ތަކަކާއި ބެންޗުމާކެއް ކަނޑައެޅުއްވި ބޭފުޅެއް ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަކަންކަމުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވަކި ސްޓޭންޑެޓް ތަކެއް ކަނޑައެޅުއްވި ކަމަށެވެ. އަމީން ވިދާޅުވީ ގާސިމް ފަތުރުވެރިކަމުގެ ދާއިރާއަށް ވެންނެވީ އެ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަަށް ވުރެ ތަންކޮޅެއް ފަހުން ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ތަސައްވަރު ހުރީ ވަރަށް މަތީގައި ކަމަަށާއި އޭރުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރި ބޭފުޅުންގެ ޚިޔާލަށް ނާންނަ ވަރަށް ގާސިމް ރިސޯޓް ތަރައްގީ ކުރެއްވި ކަމަށް އަމީން ވިދާޅުވިއެވެ.
އެގޮތުން އޭރު ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓްތަކުގައި ހުރީ 200 ވަރަކަށް އެނދުކަމަށްވީނަމަވެސް ގާސިމްގެ ވިސްނުންފުޅު ގެންގުޅުއްވީ 800 އެނދާ ހަަމައިގައި ކަމަށް އަމީން ވިދާޅުވިއެވެ.
"ސަން އައިލެންޑް ރިސޯޓް ހެއްދެވި، އޭރު ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކަށް މީރު ފެނެއް ނުލިބޭ. އެއާކޯނު ކޮޓަރިއެއް ނުލިބޭ. ނިދާކަށް ދިވެހިންނަަކަށް ރިސޯޓް ތަކަކަށް ޗުއްޓީ ހޭދަކޮށްލާކަށް ނުދެވޭ، މުވައްޒަފުންނަކަށް އެމީހުންގެ އާއިލާ ތަކެއް އެތަންތަނަކަށް ނުގެންދެވޭ. އެހެން ނަމަވެސް އޮނަރަބަލް ގާސިމް އިބްރާހިމް އެތަން އުފައްދަވާފައި އެމަނިކުފާނުގެ ރިސޯޓްތައް އެ ފެންވަރަށް ތަރައްގީ ކުރަށްވާފައި އެތަންތަނުގައި މުވައްޒަފުންނަށް މީރު ފެން، އެއާކޯނު ކޮޓަރިތައް، އެމީހުންގެ އާއިލާތައް އެތަނަށް ގެންދެވޭ ގޮތް ހައްދަވައި، ބޮޑު މުސާރަ ދެއްވަން ފެއްޓެވި،" އޭރުގެ ފަތުރުވެރިކަމުގެ ހާލަތު އޮތްގޮތް ސިފަ ކުރަށްވަމުން އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކުގައި ޒުވާނުންނަަށް ކުރިއަރައި ދެވޭނެ އެންމެ ރަނގަޅު މިސާލެއް ދައްކަވަނީ ގާސިމް ހިންގަވާ ރިސޯޓްތަކުގައި ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ރިސޯޓްތަކުގައި އެންމެ މަތީފަންތީގައި ތިބީ ދިވެހިން ކަމަށް އަމީން ވިދާޅުވިއެވެ.
"ބައްލަވާލައްވާ އެހެން ރިސޯޓްތައް ކިހިނެތްތޯ، އެހެން ޗޭނުތައް ކިހިނެތްތޯ، މިތަނުގައި (ގާސިމް ރިސޯޓްތަކުގައި) ހުސް ދިވެހިން އެންމެ މަތީ ފަންތީގައި. އެހެންވީމަ ދިވެހިންނަށް އިސްކަންދީގެން ދިވެހިންނަށް ފުރުސަތުތައް ފަހިކޮށްދެއްވައިގެން އެކުރަށްވާ މަސައްކަތް، އެއީ ސްޓޭންޑެޓް ކަނޑައެޅުމަކީ،" ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ބޭފުޅަކު ރައްޔިތުން އިންތިޚާބުކުރަނީ ގައުމުގައި އެވަގުތަކު ހުރި މައްސަލަތައް އެކަނި ހައްލު ކުރުމަށް ނޫން ކަމަށެވެ. ރައްޔިތުން ވެރިއަކު އިންތިޚާބުކުރަނީ ތަރައްގީ ރޭހުގައި ގައުމު ކުރިއަށް ގެންދަން ކަމަށް އަމީން ވިދާޅުވިއެވެ.
"މާދަމާ އަންނަން ތިބި ރައްޔިތުންނަށް މާދަމާ ހިދުމަތް ހޯދަން ތިބި ޒުވާނުންނަށް މާދަމާ މިގައުމުގައި ދިރިއުޅެން ތިބި އެންމެހައި ރައްޔިތުންނަށް އެމީހުން ބޭނުންވާ އުއްމީދުތަކާއި އެމީހުންގެ އާންމު ދިރިއުޅުމަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ފެންވަރުން އެސަފުގައި އެ މީހުންނާއި ވާދަކޮށް އެއަށްވުރެ ކުރިއަށް ގެންދިޔުމަށް، ގެންގޮސްދިނުމަށް ދުރުވިސްނޭ ތަސައްވަރެއް އޮތް މީހަކު ހޯދަން ބޭނުންވެގެން ހަގީގަތުގައި މިކަމެއް މިކުރަނީ،" އަމީން ވިދާޅުވިއެވެ.

އުތުރު ކެމްޕެއިން މެނޭޖަރ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްގެ ޓީމުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް ގާސިމް އިބްރާހިމްގެ ކެމްޕޭން ގައި މިރޭ ރ.ދުވާފަރު ޒުވާނުންނާއި އެކު ފޯރިގަދަ ޖަލްސާއެއް ބާއްވައިފިއެވެ. pic.twitter.com/VDGfCeFIhd
— JP Secretariat (@JPSecretariat) July 4, 2023
"ސަން އައިލެންޑް ރިސޯޓް ހެއްދެވި، އޭރު ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކަށް މީރު ފެނެއް ނުލިބޭ. އެއާކޯނު ކޮޓަރިއެއް ނުލިބޭ. ނިދާކަށް ދިވެހިންނަަކަށް ރިސޯޓް ތަކަކަށް ޗުއްޓީ ހޭދަކޮށްލާކަށް ނުދެވޭ، މުވައްޒަފުންނަކަށް އެމީހުންގެ އާއިލާ ތަކެއް އެތަންތަނަކަށް ނުގެންދެވޭ. އެހެން ނަމަވެސް އޮނަރަބަލް ގާސިމް އިބްރާހިމް އެތަން އުފައްދަވާފައި އެމަނިކުފާނުގެ ރިސޯޓްތައް އެ ފެންވަރަށް ތަރައްގީ ކުރަށްވާފައި އެތަންތަނުގައި މުވައްޒަފުންނަށް މީރު ފެން، އެއާކޯނު ކޮޓަރިތައް، އެމީހުންގެ އާއިލާތައް އެތަނަށް ގެންދެވޭ ގޮތް ހައްދަވައި، ބޮޑު މުސާރަ ދެއްވަން ފެއްޓެވި،" އޭރުގެ ފަތުރުވެރިކަމުގެ ހާލަތު އޮތްގޮތް ސިފަ ކުރަށްވަމުން އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކުގައި ޒުވާނުންނަަށް ކުރިއަރައި ދެވޭނެ އެންމެ ރަނގަޅު މިސާލެއް ދައްކަވަނީ ގާސިމް ހިންގަވާ ރިސޯޓްތަކުގައި ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ރިސޯޓްތަކުގައި އެންމެ މަތީފަންތީގައި ތިބީ ދިވެހިން ކަމަށް އަމީން ވިދާޅުވިއެވެ.
"ބައްލަވާލައްވާ އެހެން ރިސޯޓްތައް ކިހިނެތްތޯ، އެހެން ޗޭނުތައް ކިހިނެތްތޯ، މިތަނުގައި (ގާސިމް ރިސޯޓްތަކުގައި) ހުސް ދިވެހިން އެންމެ މަތީ ފަންތީގައި. އެހެންވީމަ ދިވެހިންނަށް އިސްކަންދީގެން ދިވެހިންނަށް ފުރުސަތުތައް ފަހިކޮށްދެއްވައިގެން އެކުރަށްވާ މަސައްކަތް، އެއީ ސްޓޭންޑެޓް ކަނޑައެޅުމަކީ،" ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ބޭފުޅަކު ރައްޔިތުން އިންތިޚާބުކުރަނީ ގައުމުގައި އެވަގުތަކު ހުރި މައްސަލަތައް އެކަނި ހައްލު ކުރުމަށް ނޫން ކަމަށެވެ. ރައްޔިތުން ވެރިއަކު އިންތިޚާބުކުރަނީ ތަރައްގީ ރޭހުގައި ގައުމު ކުރިއަށް ގެންދަން ކަމަށް އަމީން ވިދާޅުވިއެވެ.
"މާދަމާ އަންނަން ތިބި ރައްޔިތުންނަށް މާދަމާ ހިދުމަތް ހޯދަން ތިބި ޒުވާނުންނަށް މާދަމާ މިގައުމުގައި ދިރިއުޅެން ތިބި އެންމެހައި ރައްޔިތުންނަށް އެމީހުން ބޭނުންވާ އުއްމީދުތަކާއި އެމީހުންގެ އާންމު ދިރިއުޅުމަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ފެންވަރުން އެސަފުގައި އެ މީހުންނާއި ވާދަކޮށް އެއަށްވުރެ ކުރިއަށް ގެންދިޔުމަށް، ގެންގޮސްދިނުމަށް ދުރުވިސްނޭ ތަސައްވަރެއް އޮތް މީހަކު ހޯދަން ބޭނުންވެގެން ހަގީގަތުގައި މިކަމެއް މިކުރަނީ،" އަމީން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު