8 މީހުންނާއެކު ދަތުރުކުރި ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ހިނގައްޖެއެވެ.

އަލިހުރަސް ކަނޑަށް އަޑިއަށް ދިޔައީ މާލެއިން ފުރައިގެން މަހިބަދޫއަށް ދަތުރުކުރި ދޯންޏެކެވެ.

ފުލުހުން ބުނީ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތާއި ގުޅިގެން އދ.އަތޮޅު ޕޮލިސް ލޯންޗު އެ ސަރަހައްދަށް ގޮސް ދޯނީގައި ތިބި 8 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެމީހުން މަހިބަދޫއަށް ގެންދިއުމަށް ދަތުރުކުރަމުންދާކަމަށްވެސް ފުލުުހުން ބުނެއެެވެ.

ފުލުހުން ބުނީ އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ. ނަމަވެސް ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް