ރ.އަތޮޅު އުނގޫފާރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް "ކްރިސްޓަލް ސްޕީޑް" ނަމަކަށް ކިޔާ ފެރީ ލޯންޗެއްގައި ހާދިސާއެއް ހިނގައިގެން، އަނިޔާ ލިބުނު މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްފިއެވެ.
މާލެ އަތޮޅު އެރިޔަދޫ ރިސޯޓް ކައިރިން އެ ލޯންޗަށް ހާދިސާއެއް ދިމާވި ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހަވީރު 16:00ހާއިރެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް "ހާބަރ ކްރާފް" ލޯންޗެއް އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ދަނިކޮށް، "ކްރިސްޓަލް ސްޕީޑް" ލޯންޗު ވަނީ މަޑުމަޑުން އެރިޔަދޫ ރިސޯޓަށްވަދެ އަނިޔާވި މީހުން އަވަސް ފަރުވާއަށް އެރިޔަދޫ ރިސޯޓަށް ބާލާފައިކަމަށެވެ. އަދި އެ ރިސޯޓުން އެމީހުންނަށް ފަރުވާދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑްގެ އުޅަނދު، 17:07 ހާއިރު އެ ރިސޯޓަށް ގޮސް، މި ހާދިސާގައި އަނިޔާވި ހަތް މީހަކު ވަނީ މިރޭ 19:32 ހާއިރު އިތުރު ފަރުވާއަށް މާލެއަށް ގެނެސްދީފައެވެ.
39 މީހުން ދަތުރުކުރި މި ލޯންޗުގައި ހިނގި ހާދިސާގައި އެކިވަރުގެ އަނިޔާ ވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ އަށް މީހަކަށެވެ. އެހެން އެންމެންގެ ހާލުވެސް ރަނގަޅެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ބެޓެރިއެއް ގޮވުމުންކަމަށް ލަފާކުރެވޭކަމުގައި ލޯންޗުގެ ކެޕްޓަން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު