އާރުޑީސީއާ ގުޅޭ މައްސަލައެއް ތަހުގީގުކުރާކަން ނުވަތަ ތަހުޤީޤުކުރަން ބޭނުންވާކަން ފުލުހުން އަންގާފައިނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އާރުޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކާއި ފައިނޭންޝަލް ކޮންޓްރޯލަރ ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކުރިކަމަށް ބުނެ މީޑިއާތަކުން ފަތުރަނީ ދޮގު ހަބަރެއްކަމަށެވެ.
އާރުޑީސީން ނެރުނު ބަޔާނުގައި މީޑިއާތަކުގައި ފަތުރަމުންދާފަދަ ފައިސާގެ އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި ކުންފުނީގެ އޮޑިޓްތައް ޤަވާއިދުން ކުރިއަށްދާކަމަށާއި، އަދި މިހާރުވެސް އޮޑިޓަރ ޖެނެރަލް އޮފީހުން ހާއްސަ އޮޑިޓެއްް ކުރިއަށްދާއިރުވެސް އެފަދަ އެއްވެސް ކަމެއް ފާހަގަވެފައި ނުވާކަމަށް އާރުޑީސީން ބުނެއެވެ.
އާރުޑީސީން ބުނީ އެ ކުންފުންޏާއި ގުޅޭ މައްސަލައެއް ތަހުގީގުކުރަމުންދާކަމަށް މީޑިއާތަކުން ބުނިނަމަވެސް ތަހުގީގެއް ކުރިއަށްދާކަން ފުލުހުންވެސް އެމްއެމްއޭއިންވެސް އަންގާފައިނުވާ ކަމަށެވެ.
އާރުޑީސީގެ ބަޔާނުގައި ކުންފުނިން އަމަލުކުރަމުންދަނީ ހެދިފައިވާ އުސޫލުތަކުގެ ތެރެއިންކަމަށާއި ފައިސާއަށް ހިޔާނާތްތެރިވެ، ކުންފުނީގެ އެކައުންޓުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ގޮތެއް ނޯންނާނެކަމުގެ ޔަގީންކަންވެސް ދީފައި ވެއެވެ.
މި ބަޔާނުގައި އާރުޑީސީން ވަނީ މިކަމާއި ގުޅުންހުރި ހަބަރުތައް ގެނެސްދިނުމުގައި ބައެއް މީޑިއާތަކުން އާރުޑީސީގެ ބަހެއް ނުހޯދައި، ހަޤީޤަތާއި ހިލާފު ވާހަކަތަކެއް ފެތުރީތީ ހިތާމަކުރާކަމަށް ބުނެ، އެފަދަ ކަންކަން ނުކުރުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު