ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާސިހު (ކ). ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު (ވ).
ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާސިހު (ކ). ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު (ވ).
ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާސިހު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނާސިހް މިއަދު ވިދާޅުވީ، ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީއަށް 23 ޖޫން 2020 ވަނަ ދުވަހު ހުށައެޅުނު، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް، އެ އެސޯސިއޭޝަންގެ އިންޓާނަލް ކޮމެޓީން ބެލުމަށްފަހު އަދި ހިންގާ ކޮމެޓީން ބެލުމަށްފަހުވެސް އެމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވުމަކީ، އޭނާގެ ޟަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.



ނާސިހް ނެރުއްވި މި ކުރު ބަޔާނުގައި މައްސަލައިގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް "ރަސް އޮންލައިނަށް" މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނާސިޙް އިސްތިޢުފާދެއްވާފައި މިވަނީ، އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތު ތަކެއްގެ މައްސަލަ ކުރިއަށް ގެންދިއުމުގައި ހުރަސްތަކެއް ކުރިމަތިވުމާއި ގުޅިގެންނެވެ.



މަސައްކަތުގެ މާހައުލުގައި ހިންގި ޖިންސީ ގޯނާކުރުމުގެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެންދެވުމާއި ގުޅިގެން އެސޯސިއޭޝަނުގެ ރައީސް މަޤާމުން އިސްތިއުފާ ދިންއިރު، ބަދުއަހުލާގީ މައްސަލައެއްގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ރޭ އޭނާއަށް އަންގަވައިފައެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވުނު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުން މިހާރު ވަނީ ތަހުގީގް ކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން