ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅިގެން ރިޔާސީ ކެނޑިޑޭޓުންނަށް ޙަރަދުތައްކުރުމަށް ޚާއްސަ އެކައުންޓެއް ހުޅުވަންޖެހޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ޚާއްޞަކޮށްގެން އައު ބޭންކް އެކައުންޓެއް ހުޅުވަންޖެހޭކަމަށެވެ. އަދި އެ އެކައުންޓް ހުޅުވަންޖެހޭނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި، ރިޔާސީ ކެންޑިޑޭޓްގެ ނަމުގައިކަމަށާއި، އިންތިހާބާއި ގުޅޭ ހުރިހާ ހަރަދެއް ކުރަންވާނީވެސް އެ އެކައުންޓުންކަމަށެވެ.

"ރިޔާސީ އިންތިޚާބުގެ ކޮންމެ ކެންޑިޑޭޓަކުވެސް، އިންތިޚާބާ ގުޅިގެން ކުރާ އެންމެހައި ޚަރަދެއް ކުރަންވާނީ، އަލަށް މި ހުޅުވާ ބޭންކް އެކައުންޓް މެދުވެރިކޮށް،" ހަބީބް ވިދާޅުވިއެވެ.

އިލެކްޝަނުން ބުނީ އިންތިޚާބާ ގުޅިގެން ކެނޑިޑޭޓަށް ލިބޭ އެންމެހާ ފައިސާގެ އެހީވެސް ޖަމާކުރަންވާނީ، އަލަށް ހުޅުވާ މި އެކައުންޓަށްކަމަށެވެ. އަދި މި ފަދަ އެކައުންޓެއް ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން، ފަސޭހައިން ހުޅުވޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާ އެކީގައި މަޝްވަރާކޮށްފައިވާކަމަށާއި، ބޭންކްތަކާއި ވާހަކަ ދައްކަވައިގެން، އެ އިންތިޒާމް ހަމަޖައްސަވައިދެއްވާނޭކަމަށް އެމްއެމްއޭއިން ވިދާޅުވެފައިވާކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަވަނީ އިންތިހާބާއި ގުޅޭގޮތުން ވާންޖެހޭ ތައްޔާރީތައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން