ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން ހޯދި ދަށް ނަތީޖާއާއި މިހާރު އެފްއޭ މޯލްޑިވްސް އޮތް ދަށް ހާލަތުން އެފްއޭއެމް ސަލާމަތްކުރަން ފުޓްބޯޅަ އާއިލާގެ ބަޔަކު އިސްވެ މަސައްކަތްތަކެއް ފަށައިފިއެވެ.

އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމްކޮށް އިސްލާހުކުރަން ބަޔަކު ހަރަކާތެއް ފަށާފައިވާއިރު އެ ހަރަކާތަށް ދީފައިވާ ނަމަކީ "ސޭވް އެފްއޭއެމް"އެވެ. އަދި މި ކެމްޕޭންގެ ފުރަތަމަ ބައްދަލުވުން މިރޭ ޝީ ބިލްޑިންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި މާލޭގެ ކްލަބްތަކަށް ކުރިން ކުޅުނު ކުޅުންތެރިންނާއި ޓީމުތަކުގެ ވެރިންނާއި މެނޭޖަރުންނާއި، މާލެ އާއި އަތޮޅުތަކުގައި ފުޓްބޯޅައިގައި ޝާމިލުވާ ކްލަބްތަކުން ބައިވެރިވާނޭކަމަށް މި ކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ބުނެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ރާއްޖެ ކަޓާފައިވާއިރު، މިއީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓި ފުރަތަމަ ފަހަރެވެ. މި ނަތިޖާގެ ސަބަބުން ގިނަ ބަޔަކު ދަނީ އެފްއޭއެމްގެ ވެރިންގެ އިސްތިއުފާއަށް ގޮވަމުންނެވެ. ހާއްސަކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ގިނަ ބަޔަކު ދަނީ ގޮވަމުންނެވެ.

ސޭވް އެފްއޭއެމް ކެމްޕެއިނުން މިރޭ ބާއްވާ ޖަލްސާގައި ކުރިއަށް އޮތްތަނުގައި ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތާއި ކުރާނެ މަސައްކަތްތައް ކަނޑައަޅާނެކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސާކިރުބޭ

11-Jul-2023

ރާއްޖެއަށްލިބުނީހަމައެންމެރަގަޅުނަތީޖާ މިހާރުއިގޭނެ ރާއްޖޭގެފެންވަރު



ޓްރެންޑިން