ފުވައްމުލަކުގައި ހިނގި މާރާމާރީއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުވައްމުލަކުގައި ރޭ ދަންވަރު 36 އަހަރުގެ ދިވެހި ފިރިހެނަކަށް ގްރޫޕަކުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށް، ޒަހަމްކޮށްލާފައެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި ހިނގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް ފުވައްމުލަކުގައި ފަރުވާ ދިނުމަށް ހާލު ސީރިއަސްކަމުން ވަނީ މާލެ ގެނެސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަށް ވަނީ ތޫނު އެއްޗަކުން ވަރަށް ބޮޑަށް ހަމަލާދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން