މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯއްޗަށް އެދުމުގެ ފުރުސަތު އޮތް ފަރާތްތަކަށް އެ ލިސްޓުގައި ގޯތި ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއެކު ޖޮއިންޓްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތައް ވަނީ މިދިޔަމަހުގެ 26 ވަނަ ދުވަހު އާއްމުކޮށްފައެވެ. އެ ލިސްޓުގައި ގޯތި ލިބޭ މީހުންނާއި، އިތުރު ބަޔަކާއެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިފިނަމަ ގޯތި ލިބޭނެކަމަށް ޝަރުތު ހަމަވާ ފަރާތްތައްވެސް ވަނީ ކަނޑައަޅާފައެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ވަގުތީ ލިސްޓުގައި، ޝަރުތު ހަމަވެފައި، ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުޞަތު އޮތް މީހުންނަށް "ގޯތި ލިބޭ" މީޙުންނާއެކު ޖޮއިންޓްވުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުޞަތު އޮތް މީހުންނަށް، ލިސްޓުގައި ”ގޯތި ލިބޭ“ކަމަށް ކަނޑައަޅާފައިވާ ގޯތި ލިބިފައިވާ ފޯމުގެ ލީޑިންގ އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވޭނެ އިންތިޒާމް މިނިސްޓްރީގެ ޕޯޓަލްގައި މިހާރު ހަމަޖައްސާފައިވާކަމަށެވެ.

މިނިސްޓްރީން ބުނީ "ގޯތި ލިބޭ" ފޯމުގެ ލީޑިންގ އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނީ ސުންގަޑި ހަމަވުމުގެކުރިން "ގޯތި ލިބޭ" ފޯމުގެ ލީޑިންގ އެޕްލިކަންޓް އެ ރިކުއެސްޓް ޤަބޫލުކުރުމުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.



ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅާފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން