އިނގިރޭސި ޕްރިމިއަ ލީގުގައި ލިވަޕޫލާއި، މެންޗެސްޓަ ސިޓީ ރޭ ކުޅުނު މެޗްތަކުން މޮޅުވެއްޖެއެވެ.
ރޭ މެންޗެސްޓާ ސިޓީން 5-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބޮޑު މޮޅެއް ހޯދިއިރު، ބްރައިޓަން 3-1 އިން ބަލިކޮށް ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި އެންމެ އަވަހަށް 30 މޮޅު ހަމަކުރި ޓީމުގެ ރެކޯޑް ލިވަޕޫލުން ވަނީ ޤާއިމްކޮށްފައެވެ. މި ސީޒަންގައި މިހާރު ލިވަޕޫލުން އެންމެ ބޮޑަށް އަމާޒުހިފާފައިވާ ރެކޯޑަކީ ސިޓީން 100 ޕޮއިންޓް ހަމަކޮށް ލީގުގެ ޗެމްޕިއަން ހޯދި ރެކޯޑާ ހަމަކުރުމެވެ. ރަށުން ބޭރުގައި ކުޅެ 3-1 އިން ބްރައިޓަން ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ލިވަޕޫލްގެ ޖުމްލަ ޕޮއިންޓް އަދަދު ވަނީ 92 އަށް އަރައިފައެވެ.
ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު ޕްރިމިއަ ލީގް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން މެންޗެސްޓަ ސިޓީން މީގެ ދެ އަހަރު ކުރިން ހެދި ރެކޯޑް މުގުރާލުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. ސިޓީން 2017-18 ވަނަ ސީޒަންގެ ޗެމްޕިއަންކަން ހޯދީ 100 ޕޮއިންޓާއެކު އެވެ. ލިވަޕޫލް އެޓީމް ދެން ކުޅެން ޖެހޭ ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ އެޓީމަށް 104 ޕޮއިންޓް ހަމަކުރެވޭނެއެވެ.
ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އަށް މިނިޓް ތެރޭ ލިވަޕޫލުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ނަބީ ކެއިޓާ ދިން ބޯޅައަކުން މުހައްމަދު ސަލާހު ލީޑުނެގިިއިރު، އޭގެ ދެ މިނިޓް ފަހުން ސަލާހު ދިން ބޯޅައަކުން ލިވަޕޫލްގެ ލީޑުފުޅާކޮށްދިނީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި މެޗުގެ ތެރެއަށް ވަންނަން ބްރައިޓަން އިން ކުރި މަސައްކަތް ކާމިޔާބުކޮށްދިނީ ލެއަންޑްރޯ ޓްރޮސާޑް އެވެ. ޓްރޮސާޑް ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހު މިނިޓްގަ އެވެ. ލިވަޕޫލްގެ ތިންވަނަ ގޯލް އަދި މިސީޒަންގައި ސަލާހު ޖެހި 19 ވަނަ ލީގް ގޯލް އޭނާ ކާމިޔާބުކުރީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ފުލްބެކް އެންޑީ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ރޭ ކާމިޔާބުކުރި ގޯލްތަކާއެކު ސަލާހު ވަނީ ޕްރިމިއަ ލީގް ލަނޑު ލިސްޓުގެ ތިންވަނަ އަށް ޖެހިލައިފައެވެ. މި ލިސްޓުގެ އެއްވަނައިގައި 22 ގޯލާއެކު ލެސްޓާ ސިޓީގެ ޖޭމީ ވާޑީ އޮތްއިރު ދެވަނައިގައި އޮތީ 20 ގޯލާއެކު އާސެނަލްގެ ޕިއެރެ އެމެރިކް އޮބާމެޔަންގްއެވެ.
ރޭ އިއްތިހާދު ސްޓޭޑިއަމްގައި ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓަ ސިޓީ ބައްދަލު ކުރި މެޗް 5-0 ގެ ނަތީޖާ އަކުން ސިޓީން ކާމިޔާބު ކޮށްފައިވާއިރު، ސިޓީން ޖެހި ފުރަތަމަ ގޯލް މެޗްގެ 12 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގެބްރިއެލް ޖީސަސްއެވެ. ސިޓީން ފުރަތަމަ ގޯލް ކާމިޔާބު ކުރިތާ ނުވަ މިނެޓް ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ގޯލް ކެވިން ޑެބްރައިންގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ރިޔާދް މަހްރޭޒްއެވެ.
ސިޓީގެ ތިންވަނަ ގޯލަކީ ނިއުކާސަލްގެ ޑިފެންޑަރު ފެޑެރީކޯ ފާނަންޑޭސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސިޓީގެ ހަތަރުވަނަ ގޯލް މެޗްގެ 65 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ކާމިޔާބުކުރި އިރު މެޗްގެ އިތުރު ވަގުތުގައި ސިލްވާ ދިން ބޯޅައަކުން އެޓީމްގެ ފަސްވަނަ ގޯލް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.
ރޭގެ މެޗްގައި ސިޓީގެ އަލްޖީރިއާ ފޯވަޑް މަހްރޭޒް ކާމިޔާބުކުރި ގޯލާއެކު މި ސީޒަންގައި އެ ޓީމްގެ ފަސް ކުޅުންތެރިޔަކު ވަނީ މަދުވެގެން 10 ގޯލް ލީގުގައި ކާމިޔާބުކޮށްފައެވެ. މިއީ 1984 ގައި މި ކާމިޔާބީ ހޯދި އެވަޓަން އަށްފަހު ޕްރިމިއަރ ލީގް ސީޒަނެއްގައި ޓީމެއްގެ ތަފާތު ފަސް ކުޅުންތެރިޔަކު 10 ގޯލް ފަހަނައަޅައިދިޔަ ފުރަތަމަ ފަހަރެވެ.
އެކުޅުންތެރިންނަކީ 16 ގޯލް ޖަހާފައިވާ ސާޖިއޯ އަގުއެރޯ، 13 ގޯލާއެކު ރަހީމް ސްޓާލިންގް، 11 ގޯލާއެކު ކެވިން ޑެބްރައިން، 11 ގޯލާއެކު ގެބްރިއެލް ޖެސުސް އަދި 10 ގޯލް ކާމިޔާބުކޮށްފައިވާ މަހްރޭޒްއެވެ.
ރޭގެ ނަތީޖާތަކަށް ފަހު ލިވަޕޫލް އެއް ވަނައިގައި އޮތީ 34 މެޗުން 92 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 34 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. ތިން ވަނައިގައި ޗެލްސީ އޮތީ 34 މެޗުން 60 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ލެސްޓާ ސިޓީ އަށް 34 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ތާވަލުގެ ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 33 މެެޗުން 55 ޕޮއިންޓް ވަނީ ލިބިފަ އެވެ. ޝެފީލްޑް ޔުނައިޓެޑުން ވަނީ ރޭ 1-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. ވުލްވްސް މި ވަގުތު ހަ ވަނައިގައި އޮތީ 34 މެޗުން 52 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އޮތް ޝެފީލްޑަށް ލިބިފައިވަނީ 34 މެޗުން 51 ޕޮއިންޓެވެ. ރޭ ސިޓީ އަތުން ބަލިވި ނިއުކާސަލް އޮތީ 43 ޕޮއިންޓާއެކު 13 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު