އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީން މައްސަލަ ބަލަމުން ދަނިކޮށް ފުވައްމުލަކު ފަރަށް އުރުނު ހިލަ ބާޖު ފުރައިފިއެވެ.
ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމަށް ބޭނުންވާ ބޮޑުހިލަ ހިފައިގެން ދިޔަ އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ މިބާޖު އެރަށު ފަރަށް އެރީ މިދިޔަ ހުކުރު ދުވަހުއެވެ.
މިޙާދިސާގައި ބާޖު ފަރަށް އަރާފައިވަނީ ހޯގާޑުން މުދާ ވެއްދުމަށް ބޭނުން ކުރަމުން އަންނަ ބަނދަރަށް ވަންނަ ދިމާލުގައި އޮއްވާ އަރިއަޅާލައިންނެވެ. މި ބާޖުގައި ހުރީ އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. ކައުންސިލުން އިއްޔެ ބުނީ ފަރަށްއެރި ބާޖު ފުންކުރުމަށްފަހު މިހާރުވަނީ ރަށުގެ ފަރާއި ދުރުކޮށްފައިކަމަށެވެ.
އެހެންނަމަވެސް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނީ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ރާއްޖެ ދޫކޮށް އެބާޖު ފުރައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ބާޖު ފަރަށް ނާރާ ކަމަށް ބުނެ ހޯގާޑު ކުންފުނިން ދޮގު މައުލޫމާތު ދީފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން މިހާރު ނިންމާފައިވަނީ މައްސަލަ ފުލުހަށް ހުށަހަޅަން ކަމަށް އީޕީއޭއިން މަޢުލޫމާތުދެއެވެ.
ފުވައްމުލަކު ގޮނޑުދޮށް ޚިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އުތުރު ފަރާތުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލަ ތޮއްޓެއް ޤާއިމުކުރެވިގެންދާނެއެވެ. މި މަސައްކަތް އެމް.ޓީ ހޯގާޑާއި ޙަވާލުކޮށްފައިވަނީ 606 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ. މިކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން އެކުންފުންޏާއެކު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު