ކުރިއަށް އޮތް ރިޔާސީ ދައުރަށް އިންތިހާބުވެވަޑައިގެންފިނަމަ ކ. ގުރައިދޫގައި ރޯހައުސްއާއި ފްލެޓް އަޅައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް ކ.އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ގުރައިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސާލިހު ވިދާޅުވީ އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ގުރައިދޫއިން އެމަނިކުފާނަށް މެޖޯރިޓީ ލިބިވަޑައިނުގެންނެވި ނަމަވެސް، މިއަދު އެ ރަށުގެ މެޖޯރިޓީ އޮތީ އެމަނިކުފާނާއެކުކަން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ހާމަވެފައިވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ގުރައިދޫއިން ގޯތި ދިނުން އެ ރަށު ކައުންސިލުން ލަސްކުރަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުުރުމަށް އެ ރަށުން ގޯތި ނުދެވެންވީ ސަބަބެއް ނެތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކައުންސިލަށް އެކަން ނުކުރެވޭނަމަ އެކަން ކުރާނެ އެހެން ގޮތެއް ސަރުކާރުން ހޯއްދަވާނެކަމަށެވެ.



ރައީސް ސާލިހު މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި، ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒުއާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން