އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަރުގަދަ އިންޒާރެއް އެމްޑީޕީއަށް ދެއްވައިފިއެވެ.

އެމްޑީޕީ ރޫޅާލާނެކަމުގެ އިންޒާރު ނަޝީދު ދެއްވީ އެމްޑީޕީން ވަކިވި ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވަނީ ވަޒީފާގެ ބޭނުމަށް އެމަނިކުފާނުގެ އެކުވެރިންވެސް އެމްޑީޕީގައި އެބަތިބި ކަމަށް ވިދާޅުވެ، އެ ބޭފުޅުންވެސް އެމްޑީޕީ ދޫކޮށްލުމަށް އިލްތިމާސް ކުރަށްވާފައެވެ. ނަޝީދު ވިދާޅުވީ ވަޒީފާއެއްގެ ބޭނުމަށް ތިމާގެ ކިބައިގެ ހުރި ސިފައެއް ނުވަތަ ގޮތެއް ދޫކޮށްލައްވާކަށް ނުވާނެކަމަށާއި އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫންކަމަށެވެ.



ނަޝީދު ވިދާޅުވީ ހިންގާ ބަޔަކު ޕާޓީގެ އުސޫލުތައް ދޫކޮށްލެއްވިނަމަވެސް ތިމާ ގެންގުޅޭ އުސޫލްތައް ދޫކޮށްލައިގެން ނުވާނެކަމަށެވެ.

ނަޝީދު ވާހަކަފުޅުގައި ވަނީ އެމްޑީޕީއަށް ވަރުގަފަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން އެ ޕާޓީ ބައިބައިކޮށް ރޫޅާލާނެކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.

"ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ،" ޖޯޝާއި ފޯރީގައި ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްއަށް މީރޭ ސޮއިކުރެއްވިއިރު އެމަނިކުފާނު އެމްޑީޕީން ވަކިވީ 21 ޖޫންގައެވެ.

އެމަނިކުފާނާއި އެމްޑީޕީގެ ލީޑަރޝިޕާއި ދެމެދު މަައްސަލަ އުފެދުނީ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ހިސާބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން