ހާލަތު ބަދަލުވެގެން ނޫނީ ރަނގަޅު މުސްތަގްބަލެއް ލިބޭން ނެތްކަމަށާއި، މިއީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމަށް ފުރުސަތު ދޭންޖެހޭ ފަހަރެއްކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެެވެ.

ސައުދު ވިދާޅުވީ ރައީސް ޔާމީނާއި ރައީސް ނަޝީދާއި، ރައީސް ސާލިހު ވެރިކަމަށް ވަޑައިގަންނަވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުރުސަތު ދެއްވާފައިވާކަމަށެވެ.

ސައުދު ވިދާޅުވީ ކުރިޔަށް އޮތް ސިޔާސީ މަސައްކަތްތައް ކުރެވޭނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމަށް ފުރުސަތު ދީގެންކަމަށެވެ. އަދި ހާލަތު ބަދަލު ވެގެން ނޫނީ ރަނގަޅު މުސްތަގުބަލެއް ލިބެން ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަރުގަދަ ކެމްޕެއިނެއް ދަނީ ކުރަމުންނެވެ. އަދި އެ ޕާޓީއާ ގުޅޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން އެކި ޕާޓީތަކާއެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުންވެސް ޖުމްހޫރީ ޕާޓީން ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. އޭގެތެރޭގައި ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން