އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތު ރާއްޖެ އަތުވެއްޖެއެވެ.

1975 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ފިލްމީ އިންޑަސްޓްރީގައި ހަރަކާތްތެރިވަމުންދާ ރަޖްނީކާންތަކީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ފިލްމީ ތަރިއެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރުފަހު ސްރީލަންކަން އެއަރލައިންސްއިންނެވެ. އޭނާ އައީ އިންޑިއާގެ ޗެންނާއިންނެވެ. ނަމަވެސް ރާއްޖެ އައީ ޗުއްޓީއަށްކަމެއް ނުވަތަ އެހެން ބޭނުމެއްގައިކަމެއް ނޭނގެއެވެ.

އިންޑިއާގެ ފިލްމީ ތަރިއެއްނަމަވެސް ދިވެހިންގެ ތެރޭގައި ރާޖްނީކާންތު މަޝްހޫރުވެފައިވަނީ ހިންދީ ފިލްމުތަކުގެ ބަދަލުގައި އޭނާގެ ޓެމިލް، ޓެލޫގޫ، މަޅަޔާލަމް އަދި ކަންނާޑާ ފިލްމުތަކުންނެވެ.

ރަޖްނީކާންތު ރާއްޖެ އައިނަމަވެސް އޭނާ ހުންނަނީ ކޮން ރިސޯޓެއްގައިކަމެއް ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން