އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމްއަކީ މާމޮޅު އިލްމުވެރިއެއް ނޫންކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އޭނާއަށް ރައްދު ދެއްވައިފިއެވެ.

ޝައިޚް އާދަމް ނިޝާނަށް ރައްދު ދެއްވައި އިމްރާން ވާހަކަފުޅުދައްކަވާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ރަސޫލާ(ސއވ)ގެ ހަދީސް ބަސްފުޅެއް ކަމަށް ވިދާޅުވެ އިމްރާން ބޭނުންކުރެއްވި އިބާރާތަކީ އެކަލޭގެފާނުގެ ހަދީސެއް ނޫންކަން ޝައިޚް ނިޝާން ފާހަގަކުރެއްވުމުންނެވެ.

އެގޮތުން ހަދީސްއެއްކަމަށް ވިދާޅުވެ އިމްރާން ވިދާޅުވި ބަސްފުޅުތަކަކީ ހަދީސެއްގެ ބައިތަކެއް ނޫންކަން ނިޝާން ފާހަގަކުރެއްވިއެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އިމްރާނަށް އަމާޒުވުމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަކީ ރަސޫލާގެ ޙަދީސްފުޅުތަކުގެ ދަރަޖަ ކަނޑައަޅަން އެނގޭވަރުގެ ޢިލްމުވެރިއެއް ނޫންކަމަށެވެ. އަދި ޝައިޚް އާދަމް ނިޝާނަކީވެސް އެވަރުގެ ބޮޑު އިލްމުވެރިއެއް ނޫންކަމަށްވެސް އިމްރާން ވިދާޅުވިއެވެ.



"އަޅުގަނޑުމެން ދަސްކުރަން ޖެހެނީ ބޮޑުތި ޢިލްމުވެރިންގެ ފޮތްތަކާ ދަރުސްތަކުން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެހެން މީހުން ކުރާ ކުށްތަކާއި ހައްދަވާ ގޯސްތަކަށް ރައްދު ދިނުމަކީ އޭނާއަށް ކުރެވޭ މާ މޮޅުކަމަކާ ހެޔޮ ކަމެއް ކަމަކަށް ދެކި އެކަން ކުރަން ނޫޅުއްވާކަމަށެވެ.

ޝައިޚް އިމްރާން ދެއްކެވި ވާހަކަފުޅެއްގެ ހަޤީޤަތާމެދު ސުވާލު އުފައްދައިގެން ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާއިިރު، އިމްރާނާއެކު އުޅުއްވާ އަދާލަތު ޕާޓީގެ އިލްމުވެރިން ދަނީ އެކަން ދިފާއުކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން