އަދިވެސް ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި ސިޔާސީ ޕޯޑިއަމްއަކަށް އަރާނީ ޖުލައި 20 ވަނަދުވަހުގެ ފަހުންކަމަށް ޖޭޕީގެ ކުރީގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ރާއެޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެން ބޭއްވި ފުރަތަމަ ސިޔާސީ ބައްދަލުވުން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްއާއެކު ބޭއްވުމަށްފަހުއެވެ.

މާމިގިލި އެއާޕޯޓްގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ސިޔާސީގޮތުން އޭނާއަށް އަބަދުވެސް އެންމެ ބޮޑަށް އެހީތެރިވެދެއްވި ބޭފުޅަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްކަމަށެވެ. އަދި މިއަދު ރާއްޖޭގައި އަމާންކަން ގާއިމްކުރެވިގެން އައީ، ޖޭޕީގެ މިނިސްޓަރުންނާއި ޖޭޕީން ކުރި މަސައްކަތުން ގެނައި ވެރިކަމެއްގެ ސަބަބުންކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ކުރިއަށް އޮތްތަނުގައި ސިޔާސީ ޕޯޑިއަމްތަކުންވެސް ފެންނާނެކަމަށާއި، ނަމަވެސް ސިޔާސި ޕޯޑިއަމުން ފެންނާނީ ޖުލައި 20 ވަނަ ދުވަހުގެ ފަހުންކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވިދާޅުވީ އޭނާއަކީ ޖޭޕީގެ މެމްބަރެއްކަމަށާއި، އަދި ޖޭޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިކަން އަލީ ވަހީދު ފާހަގަކުރެއްވިއެެވެ.

"އަޅުގަނޑު ވައުދުވިން ގާސިމަށް ގެއްލުމެއް، ދައްޗެއް އުނދަގުލެއް ވާ ވަގުތު އަޅުގަނޑު ހުންްނާނަމޭ. އެހެންވީމަ ސިޔާސީ ޕޯޑިއަމަކަށް އަރަންވީމަ އަޅުގަނޑު އަރާނަން،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލި ވަހީދު ވިދާޅުވީ ގާސިމާއި އޭނާގެ ސިޔާސީ ވިސްނުން މާބޮޑަށް ތަފާތު ނުވާނެކަމަށެވެ. އަދި ދެ ބޭފުޅުން އެކުގައި ވަރަށް ގިނަ ސިޔާސީ މަސައްކަތް ކުރެވިފައިވާކަންވެސް އަލީ ވަހީދު ފާހަގަކުރެއްވިއެެވެ.

އަލީ ވިދާޅުވީ ރާއްޖެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަަމަ ބައްދަލުކުރައްވާ ސިޔާސީ ބޭފުޅަކަށް ގާސިމްވެވަޑައިގަތީވެސް އެމަނިކުފާނަކީ އޭނާއަށް ވަރަށް ހާއްސަ ބޭފުޅަކަށްވާތީކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން