މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ފްލެޓްތަކުގައި އަންނަމަހު މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭގެ ފޭސް-2 ގައި އެމްޕީއެލްއިން ދަނީ 3 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އަންނަމަހުގެ ނިޔަލަށް ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެ. އަދި މިއަހަރުގެ ފްލެޓްތަކުން ކުލި ނުނެގުމަށްވެސް ނިންމާފައިވާކަމަށް ޝާހިދު އަލީ ވިދާޅުވިއެވެ.



ޝާހިދު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް އަންނަމަހު ނިންމާލާއިރު، ހަމަ އެމަހު މުވައްޒަފުންނަށް އެތަނުގައި ދިރިއުޅެން ފެށޭނެކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ލިފްޓާއި ކަރަންޓާއި ފެން އަދި ފިނިޝިންގެ މަސައްކަތްތައްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްގެ 3 ޓަވަރުގައި ޖުމްލަ 534 ޔުނިޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.

ސަރުކާރުގެ 4 ކުންފުންޏަކުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތްކޮށްފައެވެ. އެއީ ސްޓެލްކޯ، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ އަދި އެމްޕީއެލްއެވެ. މީގެތެރެއިން އެމްޕީއެލް ފިޔަވައި އެހެން ކުންފުނިތަކުން ވަނީ ފްލެޓްތައް މުވައްޒަަފުންނާއި ހަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން