އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެމްބަރުން އިންތިހާބު ކުރާނެ އަދަދު ކަނޑައެޅުމުގެ މަސައްކަތް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމާނެކަން އެކޮމިޝަނުން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައަޅަނީ؛ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ ނިސްބަތުންނެވެ.

އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ ފަސް ހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް އައްޔަންކުރަންޖެހެއެވެ. އައު ޤާނޫނުއަސާސީގެ ދަށުން 2009 ވަނަ އަހަރު ފުރަތަމަ ބޭއްވި އިންތިހާބުގައި މަޖިލީހަށް 65 މެމްބަރުން އިންތިހާބުކުރިއިރު، އެންމެފަހުން ބޭއްވި އިންތިހާބުގައި 8 މެމްބަރުން އިތުރަށް އިންތިހާބުކުރިއެވެ.



އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ޤާނޫނުގައިވާގޮތުން، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 12 މަހާއި 10 މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަންޖެހޭކަމަށެވެ.

އެހެންކަމުން މި ހިނގާ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ކުރީން، ކުރިޔަށް އޮތް ރައްޔިތުންގެ މަޖލީހުގެ މެންބަރުންގެ ޢަދަދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާނެކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު އަަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެއީ ބޭކާރު ހަރަދެއްގެ ގޮތުގައި ގިނަ ރައްޔިތުން ސިފަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން