ވާދަވެރި ފަރާތްތަކުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނިކުންނެވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން މ. ދިއްގަރުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ވާދަވެރި ފަރާތްތަކުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނިކުންނަވަންޖެހޭ ކަމަށާއި އެމަނިކުފާނު ހުންނެވީ ރިޔާސީ ރޭހުގައި އެ ފަރާތްތަކާއި ވާދަކޮށްލަން ތައްޔާރަށް ކަމަށެވެ. ރައީސް މިރޭ ވަނީ ރިޔާސީ ރޭހުގައި ވާދަކުރަށްވާ ވާދަވެރި ފަރާތްތަކުން ވާދަވެރި ކެމްޕޭނެއް ކުރުމަށް ގޮވާލައްވާފައެވެ.



"އަޅުގަނޑު ދަންނަވާނީ ކެމްޕޭނަށް ނިކުންނަވާށޭ، ވާދަކޮށްލަން ނިކުންނަވާށޭ އަޅުގަނޑުމެން މިތިބީ އެކަމަށް ތައްޔާރުވެގެން. އަޅުގަނޑުމެން މީގެ އެތައް އަހަރެެއް ކުރިން ފެށި މަސައްކަތް ޒަމާނީ ޑިމޮކްރަސީއެެއް ރާއްޖެއަށް ގެނައުމަށްޓަކައި މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިހުރި ހިސާބަކީ ވާދަވެރި ކެމްޕޭނެއް ހިންގައި އިންތިޚާބުގައި ވާދަކޮށް ވޯޓުން ނަތީޖާ ނެރުން. އަޅުގަނޑުމެންނަށް ހަމަ ގައިމު ވެސް އެހިސާބަށް އާދެވިއްޖެ. އެމްޑީޕީއަށް އާދެވިއްޖެ. ބައެއް ފަހަރު ހިތައް އަރާ ވާދަވެރިންނަށް އެ އުޅެވެނީ 2000 ހުގެ ކުރީކޮޅުގައޭ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު މިރޭ ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރަށްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރަށްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ހަމަނުޖެހުމާއި ތަޅާފޮޅުމާއި ސުލްހަ ގެއްލުވާލުމަށް ކުރާ މަސައްކަތްތަކަށް މި ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށެވެ. ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސް ކަން ފުލުހުންނާއި ސިފައިން ބަލަހައްޓާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން