ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް ޖުމްހޫރީ ޕާޓީން ކުރިއަށްގެންދާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން އެ ޕާޓީގެ ޓީމުތައް ވ. އަތޮޅާއި ހުވަދޫ އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

ހުވަދޫގައި ކުރިއަށް ގެންދާ ކެމްޕެއިންގައި އިސްކޮށް ހުންނެވީ ޖޭޕީގެ ރިޔާސީ އިންތިހާބުގެ ދެކުނުގެ މެނޭޖަރ އިލްހާމް އަހުމަދެެވެ. އިލްހާމާއި އޭނާގެ ޓީމުން ދަނީ ގދ.އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ގޭގެއަށް ޒިޔާރަތްކުރުމާއި މީހުންނާއި ބައްދަލުކުރުން ހިމެނެއެވެ.



ވ. އަތޮޅުގައި ކުރިއަށްދާ ކެމްޕެއިން ހަރަކާތުގައި އިސްކޮށް ހުންނެވީ ވ.އަތޮޅުގެ ކުރީގެ މެމްބަރު ނިޒާރެވެ. އޭނާއާއި އޭނާގެ ޓީމުންވެސް ދަނީ ވ.އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް، ތާއީދު ހޯދުމަށް ހަރަކާތްތައް ހިންގަމުންނެވެ.



ޖުމްހޫރީ ޕާޓީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާއިރު، އިއްޔެއާއި އޭގެކުރީ ދުވަހު މާލެ އަތޮޅުގެ ގިނަ ރަށްތަކެއްގައި ޖޭޕީގެ ކެމްޕެއިން ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން