ރައީސް އިބްރާޙީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދިނުމަށް ގޮވާލާ މީހުންގެ އަޑު ގަދަވަމުންދާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.

މ. ދިއްގަރުގައި ރޭ ބޭއްވި ރައީސް ސާލިޙުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ މިދިޔަ 50 އަހަރުވެސް ރާއްޖެއަށް އެންމެ ބޮޑު އިންގިލާބީ އިގްތިސާދީ ބަދަލެއް ގެނެސްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަށް ގޮވާލާ މީހުންގެ އަޑު މިހާރު ދަނީ ގަދަވަމުން ކަމަށެވެ.

ޝަހީމް ވިދާޅުވީ ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައިވެސް 15570 ކްލާސްރޫމާއި، 85 މަލްޓިޕަރޕަސްހޯލްގެ މަސައްކަތް މި ސަރުކާރުގައި ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން 30 ރަށެއްގެ ބިން ހިއްކުމާއި، 70 އައު އިންޖީނުގެ ޤާއިމްކުރުން މި ސަރުކާރުން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބިންކޮޅެއް ދިން ސަރުކާރެއް މި ނޫނީ ނެތްކަމަށެވެ. މާލޭގެ ރައްޔިތުން ބިންވެރިކުރުމަށް 80 މިލިއަން އެތައް ރުފިޔާއެއް މި ސަރުކާރުން ހޭދަކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން