ޤައުމީ ޔުނިވަސިޓީގެ ލެކްޗަރާ އަލީ ހަފީޒުގެ ގައިގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓްގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.



މި އެކްސިޑެންޓް ހިނގާފައިވަނީ ޖޫން 28 ވަނަ ދުވަހުގެ ފަތިހު، މާލެ، މަޖީދީމަގު، ގަލޮޅު ދަނޑު ސަރަހައްދުން ހާފިޒް މަގު ހުރަސްކުރި ވަގުތު ސައިކަލަކުން ޖެހިއެވެ.

ފުލުހުން ބުނީ ހިނގި އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް، އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަން ބޭނުންވާކަމަށެވެ.

ވީމާ، އަނިޔާވި މީހާއަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގޭ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެދެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ހާފިޒަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އިތުރު ފަރުވާއަށް އޭނާ ވަނީ ރާއްޖެއިން ބޭރަށް ގެންގޮސްފައެވެ. އަދި މި އެކްސިޑެންޓާއި ގުޅިގެން ސައިކަލް ދުއްވި މީހާ ވަނީ ހައްުޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން