ހުޅުމާލެގައި ލަގްޒަރީ ފްލެޓްތަކެއް ހަދަން 5 ބިމެއް ވިއްކަން ނިންމައި ބީލަން ހުށަހެޅުމުގެ ފުރުސަތު އާބަންކޯއިން ހުޅުވާލައިފިއެވެ.

އާބަންކޯއިން ބުނީ އެ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 17 ގެ ނިޔަލަށް އޮންނާނެ ކަމަށާއި ބީލަން ހުޅުވާލުން ވެސް އޮންނާނީ ހަމަ އެ ދުވަހުކަމަށެވެ.

ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެއް ހަދަން ވިއްކަނީ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ދެ ބިމެއްގެ އިތުރުން ދިރާގު ހުޅުމާލެ އޮފީސް ކުރިމަތީގައި އޮންނަ ތިން ބިމެކެވެ.

ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކަކީ 20 ހާސް އަކަ ފޫޓާއި 25 ހާސް އަކަ ފޫޓްގެ ބިންތަކެކެވެ.

މި ބިންތަކުގައި ހަދަން ޖެހެނީ 2+1 (1،000 އަކަފޫޓް) އާއި 3+1 (1،300 އަކަފޫޓް) ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ކޮންމެ އެޕާޓްމަންޓެއްގައި ސިޓިންރޫމް، ބަދިގެ/ކާގެ، ލޯންޑަރީ އަދި ބެލްނަކީ ވެސް ހުންނަން ޖެހޭނެއެވެ.

ހުޅުމާލޭގައި މިހާރުވެސް އެކ،ި ފަރާތްތަކުން އިމާރާތްކޮށްފައިވާ ލަޤްޒަރީ ފްލެޓްތަކާއި ސޯޝަލް ހައުސިންތަައްވެސް ހިމެނެއެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް ވަނީ ފްލެޓްތައް އިމާރާތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން